twitterviber whatsapp telegramfacebookyoutube instagram
12th August 2026

އަފީފުއްދީން ސްކޫލުގެ ސްޕޯޓްސް މީޓުގައި ވަނަ ހޯދި ދަރިވަރުންނަށް މެޑަލް ދީފި

Sep 11, 2014

އަފީފުއްދީން ސްކޫލްގެ ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުންގެ ސްޕޯޓްސް މީޓްގައި ވަނަތައް ހޯދި ދަރިވަރުންނަށް މެޑަލް ހަވާލުކޮށްފި އެވެ.

އިއްޔެ ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ދަރިވަރުންނަށް މެޑަލް ހަވާލުކޮށްފައިވާއިރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 238 ޕޮއިންޓާއެކު ފަރީދީ ހައުސް އެވެ. އަދި ރަނަރަފްކަން ހޯދާފައިވަނީ 235 ޕޮއިންޓާއެކު މަޖީދީ ހައުސް އެވެ.

ޖުމްލަ 11 އިވެންޓާއެކު ޒޯން ސްޓޭޑިއަމްގައި މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު ފެށި މި އިވެންޓްގައި އެ ސްކޫލުގެ ޖުމްލަ 187 ދަރިވަރަކު ބައިވެރިވެފައިވެ އެވެ.

ޝަޓަލް ރިލޭއާއި، ސޮފްޓް ބޯލް ތްރޯއާއި، ޓަނަލް ބޯލް އަދި ގޯނި ރޭސް ފަދަ ކުޅިވަރުތަކާއެކު ކުރިއަށް ދިޔަ މި އިވެންޓްގައި މެޑަލްތައް ހަވާލުކޮށްދެއްވާފައިވަނީ އެ ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ އާއި ސްކޫލުގެ ލީޑިން ޓީޗަރުންނެވެ.

އެ ސްކޫލުގެ 4 ހައުސް ކަމަށްވާ ޣާޒީ، ފަރީދީ، މަޖީދީ އަދި އަމީނީ ހައުސްގެ މެދުގައި ކުރިއަށްދާ މި ސްޕޯޓްސް މީޓް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ދަރިވަރުން ބޭއްތިބުމުށާއި ވާދަވެރިކަމާއެކު މަސައްކަތް ކޮށް ކާމިޔާބު ހޯދުމަށް ފުރުސަތު ހޯދައިދިނުން ކަމަށް އެ ސްކޫލުން މައުލޫމާތުދެ އެވެ.

[yass cats=114]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355