twitterviber whatsapp telegramfacebookyoutube instagram
14th May 2025

އެމްޑީޕީގެ ޗެއަރ ޕާރސަން އަލީ ވަހީދު ކުޅުދުއްފުށީ ކައުންސިލުގެ ރައީސާއި ބައްދަލުކުރައްވައިފި

Sep 14, 2014

އެމްޑީޕީގެ އައު ޗެއަރ ޕާސަން އަލީ ވަހީދު ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމާއި ބެހޭގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން ކައުންސިލުގެ ރައީސް ވިދާޅުވީ މި ބައްދަލުވުމަކީ ކައުންސިލުގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި ބައްދަލުވުމެއް ނޫން ކަމަށާއި މި ބައްދަލުވުމަކީ އަލީ ވަހީދުގެ އެދިލެއްވުމާއިއެކު ކުރެއްވި ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި “ސިސްޓަމެޓިކް” ގޮތެއްގައި އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.

އަލީ އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ ފެށުނީންސުރެ ޖަގަހަތަކުގައި ސިޔާސި ހަރަކާތްތަށް ހިންގަމުން އަންނަ ބައެއް ކަމަށާއި އެހެންކަމުން މާލެގައި ޖަގަހަ ހިންގަމުން އަންނަ ގޮތަށް ކުޅުދުއްފުށީގައިވެސް ޖަގަހައެއް “އެކްޓިވް”ކޮށް ހިންގުމަކީ ޗެއަރ ޕާރސަންގެ ވަރަށް ބޮޑު އެދިލެއްވުމެއް ކަމަށެވެ.

އެހެންކަމުން ކުޅުދުއްފުށީގައި ވަރަށް އަވަހަށް ޖަގަހައެއްގައި އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަން ފަށާ ޕާޓީގެ މެމްބަރުން އެކުލަވައިލާ، ޕާޓީއަށް މެމްބަރުންގެ ޝައުގުވެރިކުރުވާނެ ކަމަށް އަލީ ނިންމާލަމުން ވިދާޅުވި އެވެ.

އެމްޑީޕީ މައި އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ޗެއަރ ޕާރސަން އަލީ ވަހީދުގެ އިތުރުން ޗެއަރ ޕާރސަންގެ ނައިބު މާލީ އަލީ ނިޔާޒް ބައިވެރިވެފައިވެ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355