twitterviber whatsapp telegramfacebookyoutube instagram
10th September 2025

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ސްކައުޓު ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭ ގޮތުން މައުލޫމާތު ދީފި

Sep 15, 2014

ކުޅުދުއްފުށީ ފޮލިސްޓޭޝަނުގެ ފަރާތުން އަފީފުއްދީން ސްކޫލުގެ ސްކައުޓު ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

29 ސްކައުޓް ދަރިވަރުން ބައިވެރިވެގެން މިމަހު 12 ވަނަ ދުވަހު އެ ސްކޫލުގައި ކުރިއަށް ގެންދިއަ މި މައުލޫމާތު ދިނުމުގެ ސެޝަނުގައި ޓްރެފިކް ނިޝާންތަކާ ބެހޭގޮތުންނާއި މަގުމަތީ ހިނގާބިނގާވެ އުޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ކުޅުދުއްފުށީ ޕޮލިސް ޓޭޝަނުން މައުލޫމާތު ދޭގޮތުގައި ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މި މައުލޫމާތު ދިނުމުގެ ސެޝަނަކީ ފުލުހުންގެ މި އަހަރުގެ ބިޒްނަސް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރެއިން މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކުށްމަދު ކުރުމާއި ރަމަތަނުވުމާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިއަށް ވާސިލުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ސެޝަނެކެވެ.

މި ސެޝަނުގައި މައުލޫމާތު ދީފައިވަނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ އިންޗާޖް ޕޮލިސް ސްޓާފް ސާޖަންޓް އިބްރާހިމް އަބްދުލް ކަރީމްއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355