twitterviber whatsapp telegramfacebookyoutube instagram
14th May 2025

ރޯހައުސްގެ ގުރުއަތުލުން ލަސްވަނީ 3 މީހެއްގެ މައުލޫމާތު ސާފުނުވާތީ!

Sep 17, 2014

ކުޅުދުއްފުށީގައި އިމާރަތްކޮށްފައިވާ 167 ރޯހައުސްގެ ތެރެއިން ކުޅުދުއްފުށީ މީހުންނަން ދޫކުރަން ހަމަޖެހިފައިވާ 100 ރޯހައުސްގެ ގުރުއަތުލުން ލަސްވަމުންދަނީ 3 މީހެއްގެ މައުލޫމާތު ސާފުނުވާތީ ކަމަށް ރޯހައުސް އިވެލުއޭޓް ކުރާ ކޮމެޓީން ބުނެފި އެވެ.

ރޯހައުސް އިވެލުއޭޓު ކުރާ ކޮމެޓީގެ މެމްބަރު އަދި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރު އަލީ ހާޝިމް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހައުސިން މިނިސްޓްރީއާ ގުޅިގެން މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި މި 3 ފަރާތުގެ މައުލޫމާތު ސާފުވުމާއެކު ގުރުއަތުލުން ބާއްވާނެ ކަމަށެވެ.

ރޯހައުސްތަކަށް އެދި ފޯމު ލުމަށް ހުޅުވާލި ފުރުސަތުގައި 160 ރޯހައުސަށް ޖުމްލަ 628 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

އެއީ ކުޅުދުއްފުށީ މީހުންނަށް ދޫކުރަން ހަމަޖެހިފައިވާ 100 ރޯހައުސަށް 460 ފަރާތަކާއި ކުޅުދުއްފުއްޓަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 60 ރޯހައުސަށް އެދި ހުށަހެޅި 168 ފަރާތެވެ.

މީގެ ތެރެއިން ބާކީ ހުރި 5 ރޯހައުސް ވަނީ ހައުސިންގ މިނިސްޓްރީގެ އެންގުމަށް އެކި ހަލާތްތަކުގައި ބޭނުންކުރުމުގެ ގޮތުން ކައުންސިލަށް ނަގާގޮތަކަށް ހަމަޖައްސާފަ އެވެ. އަދި ދެންހުރި އަނެއް 2 ރޯހައުސްގައި މާފިލާފުށީގެ ދެ އާއިލާއެއް މިހާރު އަންނަނީ ދިރިއުޅެމުންނެވެ.

ޑައުން ޕޭމެންޓުގެ ގޮތުގައި ރޯހައުސަށް ދައްކަންޖެހެނީ 19000ރ އެވެ. އަދި އިންސްޓޯލްމެންޓުގެ ގޮތުގައި މަހަކު ދައްކަން ޖެހެނީ 3000ރ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355