މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ދިއްދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި އެވެ.
މި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނަކީ ދިއްދޫގެ މަގުތަކުގައި އަމާން، ރައްކާތެރިތަނަކަށް ހެދުމުގެ މަގުސަދު ދިއްދޫ ޕޮލިސް ސްޓޭޝަނުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުހުން ބުނެފައިވަނީ މި އޮޕަރޭޝަނުގައި ރަށުގެ އެކި ސަރަހައްދުތަކުގައި އިންޖީނުލީ އެއްގަމު އުޅަނދު ބަލައިފާސްކުރުމުގެ މަސައްކަތްކޮށްފައިވާ ކަމަށާއި މި އޮޕަރޭޝަނުގައި 29 އުޅަނދެއް ބަލައިފާސްކޮށްފައިވެނެ ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ 28 ސައިކަލާއި ޕިކަޕް ކަމަށާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދާ ހިލާފުވި 2 ފަރާތެއް ޖޫރިމަނާކުރެވިފައި ކަމަށްވެސް ފުލުހުން ބުނެ އެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދިއްދޫ ޕޮލިސް ސްޓޭޝަނުން މިފަދަ އިތުރު އޮޕަރޭޝަންތައް ހިންގުމަށް ހަމަޖެހިފައިވާއިރު ދިއްދޫގައި ހިންގި މި އޮޕަރޭޝަނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ފުލުހުންގެ މިއަހަރުގެ ބިޒްނަސް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރެއިން މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކުށްމަދުކުރުމާއި ރަމަތަ ނުވުމާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.