twitterviber whatsapp telegramfacebookyoutube instagram
5th November 2025

އޯޕަން ވޯޓާރ ޑައިވިން ކޯހެއް ކުޅުދުއްފުށީގައި ފަށައިފި

Sep 18, 2014

ޑައިވިން ދަސްކޮށްދިނުމަށް އޯސިސް ޑައިވް ކްލަބް މޯލްޑިވްސްގެ ފަރާތުން ކުޅުދުއްފުށީގައި ހިންގަން ހަމަޖެހިފައިވާ 2 ކޯހުގެ ތެރެއިން އޯޕަން ވޯޓާރ ކޯސް ފަށައިފި އެވެ.

ކުޅުދުއްފުށީ ރަށްވެހިގޭގައި ރޭ ފެށި މި ކޯހުގައި 19 ކުދިން ވަނީ ބައިވެރިވެފަ އެވެ.

އޯސިސް ޑައިވިން ކްލަބުގެ މެނޭޖަރ އިސްމާއިލް މާހިރު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯހުގައި ތިން ކުދިންގެ ޖާގަ ހުސްކޮށް އެބައޮތް ކަމަށާއި އިތުރު ތިން ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ.

ނުވަ ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ކޯހުގެ ބައިވެރިންނަށް ކިޔަވައިދެއްވަނީ ހަސަން އަޔާޒް އާއި އަލީ ހުސެއިން އަދި އިސްމާއިލް މާހިރު އެވެ.

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ކައިރީގައި އޮންނަ މޫދަށް އެރޭ ސަރަހައްދުގައި ކޯހުގެ އެކްޓިވީޓީސްތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު ތިއަރީ ކްލާސްތައް ނަގަން ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ރަށްވެހިގޭގަ އެވެ.

މި ކޯހުގައި ބައިވެރިވުމަށް 7960475 ގުޅައިގެން ނަން ނޯޓް ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355