ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން(އެޗްއާރްސީ)ގެ މުވައްޒަފުންގެ މެދުގައި ހިލޭ ފޯންކޯލް ކޮށް އެސްއެމްއެސް ކުރެވޭނެ ހިދުމަތެއް އުރީދޫއިން އެ އޮފީހަށް ތައާރަފްކޮށްފި އެވެ.
އެޗްއާރްސީގައި ބޭއްވުނު ހާއްސަ ރަސްމީޔާތުގައި ހިދުމަތުގެ އެއްބަސްވުމުގައި ސޮއި ކޮށްދެއްވީ އުރީދޫގެ ފަރާތުން، ސީއީއޯ ވިކްރަމް ސިންހަ އަދި އެޗްއާރްސީގެ ފަރާތުން ސީއީއޯ މުހައްމަދު އަލީ ޖަނާހް އެވެ.
މިއެއްބަސްވުމުގެ ދަށުން އުރީދޫގެ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ހިދުމަތް މެދުވެރިކޮށް އެއޮފީހުގެ މުއްޒަފުންގެ މެދުގައި އަންލިމިޓެޑް ހިލޭ ކޯލު އަދި އެސްއެމްއެސް ފޮނުވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.
“އަޅުގަނޑުމެން އެޗްއާރްސީއަށް އުރީދޫ ނެޓްވޯކަށް މަރުހަބާ ކިޔަން، އަދި އަޅުގަނޑުމެން ގަބޫލުކުރަނީ އުރީދޫގެ އެމްވީޕީއެން ހިދުމަތް މެދުވެރިކޮށް އެކުންފުނީގެ ކޯޕަރޭޓް މުއާމަލާތްތައް އިތުރަށް ފަސޭހަވެ، އިތުރު ފައިދާތަކަކާއިއެކީ ކުޑަ ހަރަދެއްގައި ފަސޭހަކަމާއިއެކީ ކޮންޓްރޯލް ކުރެވޭނެ ކަމަށް.” އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.
އުރީދޫއިން ވަނީ ދާދިފަހުން ޕީޖީ އޮފީހާއި އެކުވެސް އެމްޕީއީއެން ހިދުމަތް ދިނުމަށް ސޮއިކޮށްފަ އެވެ. އަދި އުރީދޫގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޕެކޭޖު ބޭނުންކުރާ ކަސްޓަމަރުންގެ ތެރޭގައި އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް، އަދި ގިނަގުނަ ރިސޯޓްތަށް ހިމެނެ އެވެ