ކުޅުދުއްފުށީގައި އިމާރާތްކުރަމުން އަންނަ ރޯހައުސްތަކުގެ މަސައްކަތުގައި އުޅޭ ބިދޭސީއެއްގެ ވޮލެޓް ފޭރިގަންނަން ދެ ޒުވާނަކު މަސައްކަތް ކޮށްފި އެވެ.
ނޫމަޑި ކުންފުނިން ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި އިމާރާތްކުރަމުންގެންދާ ރޯ ހައުސްތަކުގެ މަސައްކަތުގައި އުޅޭ ބިދޭސީއެއްގެ ވޮލެޓް ފޭރިގަންނަން މަސައްކަތް ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ނޫމަޑި ކުންފުނީގެ ފަރާތުން މި ނޫހަށް މައުލޫމާތު ދެއްވަމުން ހަސަން ޒިޔާދު ވިދާޅުވީ ވޮލެޓް ފޭރިގަތުމަށް މަސައްކަތްކޮށްފައިވަނީ ދެ ޒުވާނެއް ކަމަށާއި ބިދޭސީ މީހާ ހަޅޭލަވާނެ ކަމަށް ބުނުމުން އެ ދެ ޒުވާނުން ދުވެ ފިލީ ކަމަށެވެ.
މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކުރެވިފައި ނުވާ ކަމަށެވެ.