ޖަލާލުއްދީން ސްކޫލްގެ ކުރެހުމާއި އަތްތެރިކަމުގެ މައުރަޒު އިއްޔެ ފަށައިފި އެވެ. މި މައުރަޒު ހުޅުއްވައި ދެއްވީ ނޮދަރން އޭރިޔާގެ ސީނިއާރ އެންލިސްޓެޑް ލީޑާރ ސާރޖަން މޭޖަރ ސައުދުﷲ އެވެ.
ޖަލާލުއްދީން ސްކޫލްގެ އާރޓް ކުލަބާއި އިކޯ ކްލަބް ގުޅިގެން ބޭއްވި މި މައުރަޒުގައި ވަނީ ތަފާތު 8 ވައްތަރެއްގެ ތަކެތި ބައިވެރިކޮށް ކުދިންގެ ހުނަރު ދައްކާލާފަ އެވެ.
އެގޮތުން އާރޓް ކުލަބުގެ ފަރާތުން ވަނީ 500 އަށްވުރެ ގިނަ ތަކެތި މި މައުރަޒުގައި ހިމަނާފަ އެވެ. އެގޮތުން ކޮލާޖް، ގްލާސް ޕެއިންޓިނާއި އައިސިން ކޭކު، ސްޓިރިން އާރޓް، އޮއިލް ފެއިންޓިންސް އާއި ގްލާސް އަދި ފެބްރިކް ޕެއިންޓިން ހިމަނާފައިވެ އެވެ. އޭގެ އިތުރުން ޓައި އެންޑް ޑައި ސްޓްރިންގ އާރޓް ވެސް ދައްކާލާފަ އެވެ.
ޖަލާލުއްދީން ސްކޫލްގެ އިކޯ ކްލަބްގެ ފަރާތުން “ވޭސްޓް މެޓީރިއަލް” ބޭނުން ކޮށްގެން ހެދިދާނެ ތަފާތު 70 ވުރެ ގިނަ ތަކެތި ހިމަނާފައި ވާކަން ފާހަގަ ކޮށްލެވެ އެވެ. މީގެ އިތުރުން އިތުރު ބޮޑު 10 ސްކަލްޕްޗަރ ވެސް ދައްކާލާފައިވެ އެވެ.
ޖަލާލުއްދީން ސްކޫލްގެ އާރޓް ޓީޗަރ ސުނީތާ ޖޯޖް މިނޫހަށް މައުލޫމަތު ދެމުން ވިދާޅުވީ އާރޓް މައުރަޒަށް ތައްޔާރު ވުމަށްޓަކައި އާރޓް ކުލަބާއި އީކޯ ކްލަބްގެ ދަރިވަރުންނާއި ސްކޫލްގެ އިސްވެރިންގެ އެހީތެރިކަން ފާހަގަކޮށްފަ އެވެ. އަދި މި މައުރަޒަށް ތައްޔާރުވުމަށް ލިބުނު އެއްބާރުލުމަށް އާރޓް ކުލަބާއި އީކޯ ކްލަބްގެ ދަރިވަރުންނަށް އޭނާ ޝުކުރުއަދާކޮށްފަ އެވެ.
މި އާރޓް މައުރަޒުގައި ހިމަނާފައިވާ ތަކެތި ވިއްކާގޮތަށް ހަމަޖައްސާފައި ވާއިރު މިތަކެތި ވިއްކައިގެން ލިބޭ ރުފީޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ އާރޓް ކުލަބް ހިންގާ ކުރިއެރުމަށް ކަމަށް އެ ސްކޫލްގެ އިންފޮމޭޝަން އޮފިސަރ އައިމިނަތު މުހައްމަދު ވިދާޅުވި އެވެ.
2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަަހަރަކު ބާއްވަމުން އަންނަ މި މައުރަޒު މިއަދު ހަވީރު 6 ޖަހަންދެން ހުޅުވިފަ ހުންނާނެ އެވެ.
ފޮޓޯ ގެލެރީ