twitterviber whatsapp telegramfacebookyoutube instagram
12th August 2026

ނޮޅިވަރަމް ސްކޫލު ކުލާސް ރޫމެއްގެ ބިއްލޫރިގަނޑެއް ތަޅާލައިފި

Sep 20, 2014

ހދ. ނޮޅިވަރަމް ސްކޫލުގެ ކުލާސް ރޫމެއްގެ ކުޑަދޮރެއް ބިއްލޫރިގަނޑެއް ތަޅާލައިފި އެވެ.

ނޮޅިވަރަމް ސްކޫލު ޕްރިންސިޕަލް އަދުނާން އަލީ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބިއްލޫރިގަނޑު ތަޅާލާފައިވަނީ މިއަދު އިރުއޮއްސި 6:35 ހާއިރު ކަމަށެވެ. އަދި ބިއްލޫރިގަނޑު ތަޅާލައިފައިވަނީ ގައު ބުރިއެއް އެއްލައިގެން ކަމަށް ބެލެވޭ ކަމަށެވެ.

“ކުލާސް ރޫމެއްގެ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ވަނީ އެއްކޮހެން ތަޅައިގެން ގޮސްފަ.  ބޮޑަށް ބެލެވެނީ ގައު ބުރިއެއް އެއްލައިގެން ކަމަށް ތަޅާލައިފައިވަނީ. ކުލާސް ރޫމްގައި އޮތް ރޭނުމަށް އާއްމުކޮށް މިގެންގުޅޭ ވަރުގެ ގައު ބުރިއެއް” އަދުނާން ވިދާޅުވި އެވެ.

އަދުނާން ވިދާޅުވީ ތަޅާލައިފައިވަނީ ގުރޭޑް 7 އަދި 11 ގެ ދަރިވަރުން ބޭނުންކުރާ ކުލާހެއްގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑެއް ކަމަށާއި މިހާދިސާ ގައި އެއްވެސް މީހަކަ އަނިޔާވެފައިނުވާ  ކަމަށެވެ.

މިހާދިސާ ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއް މިހާރު ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. ނޮޅިވަރަމް ސްކޫލަކީ 500 އެއްހާ ދަރިވަރުން ތައުލީމް ހާސިލުކުރަމުންދާ ސްކޫލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355