twitterviber whatsapp telegramfacebookyoutube instagram
10th September 2025

ކުޅުދުއްފުށީގައި ޓްރެފިކް ފުލުހުން ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ސީޕީ

Sep 22, 2014

ކުޅުދުއްފުށީގައި ޓްރެފިކް ފުލުހުން ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރިއަށާއި އެއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ހދ. އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލާ ބައްދަލުކުރައްވާ ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ކުޅުދުއްފުށީގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އަދި ކުޅުދުއްފުށީގައިވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިންގާފައިވާކަން ފާހަގަކުރައްވައި ކޮމިޝަނަރ ހުސައިން ވަހީދު ވިދާޅުވީ ކުޅުދުއްފުށީގައި ޓްރެފިކް ފުލުހުން ގާއިމްކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފައްޓަވާނެކަމަށެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށި ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ކުޅުދުއްފުށީގައި ޓްރެފިކް މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި އެފަދަ މައްސަލަތައް މިހާރަށްވުރެ ބޮޑަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355