twitterviber whatsapp telegramfacebookyoutube instagram
11th April 2026

ވައިކަރަމުރައިދޫ ފަތުރުވެރިކަމަށް ނަގަން މިއީ އެންމެ މުނާސަބު ވަގުތު: ކައުންސިލް މެމްބަރު ހުސެއިން ސަގީފް

Sep 23, 2014

ހދ. ވައިކަރަމުރައިދޫ ފަތުރުވެރިކަމަށް ނެގުމަށް މިއީ އެންމެ މުނާސަބް ވަގުތު ކަމަށް ހދ އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ސަގީފް ވިދާޅުވެއްޖެ އެވެ.

“ކުޅުދުއްފުށި އޮންލައިން”އާ ވާހަކަ ދައްކަވަމުން ހުސެއިން ސަގީފް ވިދާޅުވީ މިއަންނަ އަހަރުގެ އޭޕްރީލް މަހު ވައިކަރަމުރައިދޫ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ފަރާތުގެ މުއްދަތު ހަމަވާނެ ކަމަށާއި ވައިކަރަމުރައިދޫގެ އެގުްރިމެންޓްގައި ވާގޮތުން 6 މަސް ކުރިން އެގްރިމެންޓް އައު ނުކުރާ ކަމަށްވާ ނަމަ ސަރުކާރުން އެފަރާތަށް އެކަން އަންގަންޖެހޭނެ ކަމަށެވެ.

6 މަސް ކުރިން ސަރުކާރުން އެގްރިމެންޓް އައު ނުކުރުމަށް ނިންމައިފިނަމަ އެއްވެސް ބައްދަލެއްދޭން ނުޖެހޭނެ ކަމަށްވެސް އެގްރިމެންޓާއި ހަވާލާދީ ސަގީފް ވިދާޅުވި އެވެ.

އަދި ރައްޔިތުން އެދެނީ ވައިކަރަމުރައިދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަމަށާއި އެހެންކަމުން އެ ރަށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ޓޫރިޒަމް މާސްޓަރ ޕްލޭންގައި ހިމަނައިދެއްވުމަކީ މިހާރު ރައްޔިތުން ނިހާޔަތަށް އެދިއެދި ތިބި ކަމެއް ކަމަށްވެސް ސަގީފް ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް މަހު ވަނީ ޓޫރިސްޓު ރިސޯޓު ތަރައްގީކުރާ ރަށެއްގެ ގޮތުގައި ހދ. ވައިކަރަމުރައިދޫ ހަމަޖެއްސުމަށް ހދ އަތޮޅު ކައުންސިލުގެ 10 މެންބަރުން ސޮއި ކުރައްވާ ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355