twitterviber whatsapp telegramfacebookyoutube instagram
24th December 2025

ހޯރަފުށީގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

Sep 23, 2014

ހއ. ހޯރަފުށީގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ދަންޖެހިފައި ހުއްޓާ ފެނިއްޖެ އެވެ.

މިއަދު 2:30 ހާއިރު ދަންޖެހފައި ހުއްޓާ ފެނިފައިވަނީ ހޯރަފުށީ ސަފާގެ އަހުމަދު މާޒް (27އ) އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ ހެނދުނު 8 ޖެހިއިރު ގެއިން ނިކުމެފައިވަނީ އާއިލާ މީހުންނާ ޖެހުނު މައްސަލައެއްގަ އެވެ. އަދި އޭނާ ގެއްލުނު ކަމަށް ރިޕޯޓްކޮށްފައިވަނީ 12:15 ހާއިރު އެވެ.

9 ޖަހާކަށްހާއިރުވެސް ރަށުގެ ބައެއް މީހުންނަށް އޭނާ ފެނިފައިވާކަމަށް އެ ރަށުން މައުލޫމާތުލިބެ އެވެ.

އެ ޒުވާނާގެ ހަށިގަނޑު މިހާރު ވަނީ ހޯރަފުށީ ސިއްހީ މަރުކަޒުގަ އެވެ. އަދި ހަށިގަނޑު އާއިލާއާ ހަވާލުކުރަނީ ދިއްދޫ ޕޮރިންސިކް ފުލުހުން ތަހުގީގުކުރުމަށްފަހުގައި ކަމަށްވެސް މައުލޫމާތުލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355