twitterviber whatsapp telegramfacebookyoutube instagram
14th May 2025

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިންދޭ އަންވަރު އަބުދުލް ރަހުމާނު އެވޯޑް ފައުޒާނަށް ލިބިއްޖެ

Sep 25, 2014

ހދ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިންދޭ އަންވަރު އަބުދުލް ރަހުމަނު އެވޯޑް ހަނިމާދޫ ސްކޯލްގެ ފައުޒާން އިބްރާހީމަށް ލިބިއްޖެ އެވެ.

މި ނޫހާ ވާހަކަ ދައްކަމުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ އޮފިސަލަކު ބުނީ އެ ޖަމިއްޔާ އުފެއްދެވި ބޭފުޅާގެ ނަމުގައި ކޮންމެ އަހަރަކު ދެމުން އަންނަ މި އެވޯޑް މި އަހަރު ހާސިލްކޮށްފައިވަނީ ހަނިމާދޫ ސްކޫލުގެ މިދިޔަ އަހަރު އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު އަދި ގައުމީ ގަދަ ދިހައެއްގައިވެސް ހިމެނުނު ދަރިވަރު ފައުޒާން އިބްރާހިމް ކަމަށެވެ.

އަދި މީގެއިތުރުން ގައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާތީ ޖަމިއްޔާގެ ފަރާތުން ފައުޒާނަށް ވަނީ ލެޕްޓޮޕް ހަދިޔާކޮށްފަ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އަދި ހަނިމާދޫ ސްކޫލުން މިދިޔަ އަހަރު ގައުމީ ގަދަ ދިހައެއްގައި ހިމެނުނު އިތުރު ދެ ދަރިވަރުން ކަމަށްވާ ހަދީޖާ ޝީނީޒް އާއި ހައިޝާ މުހައްމަދަށް ވަނީ ޖަމިއްޔާގެ ފަރާތުން ޓެބްލެޓެއް ހަދިޔާކޮށްފައި ކަމަށްވެސް އެ ޖަމިއްޔާއިން މައުލޫމާތުދެ އެވެ.

އެ ޖަމިއްޔާއިން ބުނާގޮތުގައި ކޮންމެ އަހަރަކު މި އެވޯޑް ދިނުމުގެ މަގުސަދަކީ ދަރިވަރުންނަށް ހިތްވަރުދިނުން ކަމަށެވެ.

މީގެ ކުރިން މި އެވޯޑް ހާސިލްކޮށްފައިވަނީ ހަނިމާދޫ ސްކޫލުން ތައުލީމް ހާސިލްކުރި އަހުމަދު ގާސިމް އާއި އައިޝަތު މުހައްމަދާއި އަހުމަދު މަންސޫރު އަދި މުހައްމަދު އަލީ އެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހަނިމާދޫ ސްކޫލާއި ގުޅިގެން ގިނަގުނަ ހަރަކާތްތަކެއް ހިންގަމުންދާކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355