twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީ ފިހާރައެއް ފަޅާލައިފި

Sep 25, 2014

ކުޅުދުއްފުށީގެ ރިއަލް އެޗް ފިހާރަ ރޭ ފަޅާލައިފި އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ރިއަލް އެޗް ފިހާރައިގެ އިސްފަރާތްކަމަށްވާ ހުސެއިން ދީދީ ވިދާޅުވީ ފިހާރަ ފަޅާލައިފައިވަނީ ދޮރު އިރާލައިގެން ކަމަށާއި ފަޅާލިކަން އޭނާ އެންގުނީ މިއަދު 8 ޖަހާކަށްހާއިރު ކަމަށެވެ.

ވަގަށް ގެންގޮސްފައިވަނީ އެއް ހާސް ރުފިޔާގެ އިތުރުން 2 ސޭންޕް ފުޅި އާއި 2 ސައިބޯނި ފުޅި ކަމަށް ހުސެއިން ވިދާޅުވި އެވެ. އަދި ދޮރު އަލުން މަރާމަތުކުރާ ވަރަށް ހަލާކުވެފައިހުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހުސެއިން އިތުރަށް ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާނެ ކަމަށާއި ފުލުހުން ފިހާރައަށް އައިސް މި މައްސަލަ ތަހުގީގުވެސް ކޮށްފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355