twitterviber whatsapp telegramfacebookyoutube instagram
5th November 2025

އިހަވަންދޫ ސްކޫލް ކުދިންތަކެއް އޮރިޔާން ފިލްމު ގެންގުޅުނު މައްސަލައެއް ތަހުގީގުކުރަނީ

Sep 25, 2014

ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރުންތަކެއް އޮރިޔާން ފިލްމު ގެންގުޅުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިސަލް ވިދާޅުވީ އޮރިޔާން ފިލްމް ގެންގުޅުނު މައްސަލައެއް ބަލަމުންދާ ކަމަށާއި އިތުރަށް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.

އޮންލައިން ނޫސް ސީއެންއެމް ގައި ބުނެފައިވާ ގޮތުގައި އޮރިޔާން ފިލްމުތައް ފެނިފައިވަނީ ގްރޭޑް ހަތެއްގެ ކުދިންގެ ދަބަސްތައް ޗެކް ކުރަމުންދަނިކޮށް އެތަނުން ކުއްޖެއްގެ ދަބަސް ތެރޭގައި އޮތް ޕެންޑްރައިވް އަކުންކަމަށެވެ.

އިހައްވަންދޫ ކައުންސިލު މެންބަރަކާ ހަވާލާދީ އެނޫހުން ބުނެފައިވަނީ ރަށުތެރޭގައި އެކަހަލަ ވާހަކައެއް ދެކެވެމުންދާ ކަމަށާއި ރަސްމީގޮތުން ހުށަހެޅިފައިނުވާތީ ކައުންސިލުން އެ މައްސަލަ ނުބަލާ ކަމަށެވެ

ނަމަވެސް އިއްޔެ ހެނދުނު އެކުދިންތައް ސްކޫލަށް ދިއުމުގެ ކުރިން ފުލުހަށް ހާޒިރުކުރިކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355