ޖަލާލުއްދީން ސްކޫލުގެ ބޭންޑްގެ ހަރަކާތްތައް ދިގު މުއްދަތެއްގެ މެދުކެނޑުމަކަށް ފަހު އަލުން ފެށުމައްޓަކައި އެސްކޫލުން ތައްޔާރުވަމުން އެބަދެ އެވެ.
ޖަލާލުއްދީން ސްކޫލުގެ އިންފޮމޭޝަން އޮފިސަރ އައިމިނަތު މުހައްމަދު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގާތްގަނޑަކަށް 2 އަހަރުގެ މެދުކެޑުމަކަށް ފަހު ސްކޫލްގެ ބޭންޑްގެ ހަރަކާތްތައް އަލުން ފެށުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.
އެގޮތުން އީދު ބަންދާ ދިމާކޮށް ބޭންޑްގެ ދަރިވަރުންނަށް އިންސްޓްރޫމެންޓްތައް ދަސްކޮށްދޭން ފަށާނެ ކަމަށާއި މިކަމަށްޓަކައި މިހާރުވަނީ އެމްއެންޑިއެފް އިން ހާއްސަ އިންސްޓްރަކްޓަރަކު ހަމަޖައްސަވާފައި ކަމަށް ވެސް އައިމިނަތު މުހައްމަދު މައުލޫމާތު ދިނެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން އައިމިނަތު މުހައްމަދު ވިދާޅުވީ ސްކޫލުގެ ބޭންޑް މެމްބަރުންގެ ގޮތުގައި މިހަރު ތިބީ 20 ދަރިވަރުން ކަމަށާއި އިތުރަށް ކުދިން ވަނުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާނެ ކަމަށެވެ.