twitterviber whatsapp telegramfacebookyoutube instagram
15th May 2025

ވައިކަރަދޫ އިން ކުޅުދުއްފުއްޓަށް ދަތުރުކުރި ދޯންޏެއް ފެތިއްޖެ

Sep 27, 2014

ހދ. ވައިކަރަދޫއިން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ކުޑަ ދޯންޏެއް ފެތިއްޖެ އެވެ.

20 ފޫޓްގެ މި ދޯނި ކުޅުދުއްފުއްޓާއި ކޭލަކުނު ދޭތެރެއަށް ފެތުނުއިރު ހަ އަހަރުގެ ކުޑަ ކުއްޖަކާއި ފަސް މީހުން ތިއްބެވެ. މިހާރު ވަނީ މި އެންމެން ސަލާމަތްކޮށް ކުޅުދުއްފުއްޓަށް ގެނެސްފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ދޯނި ފެތެން ދިމާވި ސަބަބަކީ ދިރުނބާ ކޮޅުން ރާޅެއް ޖަހައި ދިޔަ ބޮޑުވެ، ކޮންޓްރޯލް ނުކުރެވިގެނެވެ. އަދި މި ދޯނި ސަލާމަތްކޮށްފައިވަނީ ދޯނި ފަހަރު ތޮށިގަނޑާ ގާތްކުރާ އިރު ތޮށިގަނޑާ ދޯންޏާ ދޭތެރެއަށް ލައްވާ ބޮޔާއި ތެޔޮ ހުސްކުރި ހަން ދޯނީގައި ބަނދެގެން ކަމަށް މައުލޫމާތުލިބެ އެވެ.

އެ ދޯންޏާއި މީހުން ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ ރޯޔަލް ދޯނީގެ އެހީތެރިކަމާއެކު އެވެ. އަދި ދޯނިން އޮޔާދިޔަ ސާމަނުވެސް މިހާރުވަނީ ކުޅުދުއްފުއްޓަށް ގެނެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355