twitterviber whatsapp telegramfacebookyoutube instagram
15th May 2025

މަޝްހޫރު 7 މިއުޒިކް ބޭންޑެއް އަޟްހާ އީދުގައި ކުޅުދުއްފުއްޓަށް

Sep 28, 2014

މި އަހަރު އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ސްޓޭޖް ޝޯ އަށް ރާއްޖޭގެ މަޝްހޫރު 7 މިއުޒިކް ބޭންޑެއް އައުމަށް ހަމަޖެހިފައިވާކަމަށް އީދު ކުޅިވަރު އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފި އެވެ.

އީދު ކުޅިވަރު ރޭވުމުގައި އިސްކޮށްއުޅޭ ފަރާތެއް ކަމަށްވާ އާދަމް މޫސާ ވިދާޅުވީ ޓްރެފިކް ޖޭމްގެ އިތުރުން ސްކެއަރލެޓް ރައިޓް، ޓާރން ޓޭބަލް، ބީޓް ބޮކްސް، ކޮޕްސް، ހެލްފް އަދި އޭގެ އިތުރުން ދަ ޑޭމްޑް ވަންސް ގެނައުމަށް ހަމަޖެހިފައިވާނެ ކަމަށެވެ. މިއުޒިކް ބޭންޑް ތަކުގެ އިތުރުން ކޮޕްސްގެ ފަޔާރ ޑާންސާއެއް ވެސް ސްޓޭޖް ޝޯގައި ހަރަކާތް ތެރި ވަމުންދާނެ ކަމަށް ވެސް އާދަމް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މިއުޒިކް ބޭންޑުތައް ހޯދުމަށްޓަކައި މިއުޒިކް ހޯމް ގެ ފަރާތުން ލިބުނު އެއްބާރުލުން ވަނީ އީދު ކުޅިވަރު އިންތިޒާމް ކުރަ ކޮމެޓީން ފާހަގަ ކޮށްފަ އެެވެ.

އެހެން އަހަރު ތަކާ ހިލާފަށް މިއަހަރުގެ އަޟްހާ އީދުގެ ކުޅިވަރުތައް ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 އަވަށް އެއްކޮށްލައިގެންނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355