twitterviber whatsapp telegramfacebookyoutube instagram
14th February 2026

ހއ އަތޮޅުގެ ތިން ރަށަކުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފި

Sep 28, 2014

ހއ އަތޮޅުގެ ތިން ރަށެއްގެ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފި އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހިދުމަތް ފަށާފައިވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީ ވަޒީފާގެ ކަންކަމަށް އަހުލުވެރިކޮށް ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ކަންކަމަށް ފަސޭހަ މާހައުލެއް ގާއިމް ކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

އެގޮތުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށާފައިވަނީ ހއ އަތޮޅުގެ ހޯރަފުއްޓާއި ދިއްދޫ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަންތަކުންނެވެ.

ފުލުހުން ބުނީ ދިއްދޫއާއި ހޯރަފުށި ޕޮލިސް ސްޓޭޝަނުން މިދިޔަ ހަފުތާއިން ފެށިގެން ޕޮލިސް ރިޕޯޓް ދޫކުރަން ފަށާފައިވާއިރު އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށާފައިވަނީ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ.

އެ ރަށްރަށުން ހިދުމަތް ލިބެން ފެށުމުން އެރަށްރަށާ ކައިރީގައި ހުރި ރަށްރަށުގެ ރައްޔިތުންނަށްވެސް އެރަށްރަށުން ޕޮލިސް ރިޕޯޓް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މިއީ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ބިނާކުރަނިވި ގޮތްތައް ބޭނުން ކުރުމާއި ޓެކްނޮލޮޖީ އާއި ވަސީލަތުގެ ފުރިހަމަ ބޭނުން ހިފުމަށް މި އަހަރުގެ ބިޒްނަސްޕްލޭންގައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355