twitterviber whatsapp telegramfacebookyoutube instagram
24th December 2025

ހދ އަތޮޅުންދޭ ސަޕޯޓް ނަމޫނާއަކަށް ބަލަންޖެހޭ: އެފްއޭއެމްގެ ރައީސް

Sep 27, 2014

ހދ އަތޮޅުންނާއި ހދ އަތޮޅު ކައުންސިލުންދޭ ސަޕޯޓަކީ އެހެން އަތޮޅުތަކުން ނަމޫނާއަކަށް ބަލަންޖެހޭ ކަމެއް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިލްހާމް މިހެން ވިދާޅުވީ ހދ އަތޮޅު ފުޓްބޯލް މުބާރާތް ފެއްޓުމުގެ ގޮތުން މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ މެމްބަރުން ބައިވެރިވި މި ހަފުލާގައި މުބާރާތް ފައްޓައްވައިދެއްވާފައިވަނީ އެފްއޭއެމްގެ ރައީސް އިލްހާމެވެ. އަދި އިލްހާމް ވަނީ މިއަދު މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅޭ ދެ ޓީމް ކަމަށްވާ ކުލަބް ޓިލަދުންމަތި އާއި ކުލަބް ހުވާސްގެ ކުޅުންތެރިންނާ ސަލާމް ކުރައްވާފަ އެވެ.

މިއަދު ހަވީރު 4 ޖެހިއިރު ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރަނީ ނޮޅިވަރަމްގެ ދެ ޓީމް ކަމަށްވާ އެންމެފަހުގެ ޗެމްޕިއަން ކުލަބް ތިލަދުންމަތި އާއި ކުލަބް ހުވާސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355