twitterviber whatsapp telegramfacebookyoutube instagram
1st June 2026

މާލޭގައި ހުންނަ ކުޅުދުއްފުށީ ރާޅު ހަސަންބެގެ ފިހާރަ އަނދާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

Sep 28, 2014

ކުޅުދުއްފުށީ ރާޅު ހަސަންބެގެ “އެސްޓަން ޓްރޭޑާސް” ފިހާރަ އަނދާ ހުލިވެއްޖެ އެވެ.

މި ފިހާރަ ހުންނަ ނޭވާޑާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަން އެއްކޮށް އަނދާ ފިހާރައިގައި ހުރި މުދާތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ.

މިއަދު ހަވީރު 5:30 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ހާދިސާ ހިނގަންމެދުވެރިވީ އެ އިމާރާތުގައި ހުންނަ އެސްޓަން ޓްރޭޑާސްގެ މަތީބައިން ކަރަންޓު ޝޯޓެއް ވެގެންނެވެ.

އަލިފާން ރޯވި “އެސްޓަން ޓޭރާޑާސް” ފިހާރައިން ބުނެފައިވަނީ އެފިހާރައަށް ލިބުނު ގެއްލުން 3 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.

މި ފިހާރައިގެ އިތުރުން ދެން އަލިފާނުގެ މި ހާދިސާގައި ގެއްލުންވި “އިވްނިންގް ސްޓޯރު”އިން ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި އެ ފިހާރަ އަށް 10 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

މި ދެ ފިހާރަ އަކީ ވެސް މުދާ ހޯލްސޭލްކުރާ ދެ ތަނެވެ. ދެ ތަނުގައި ވެސް ކެއުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ހުއްޓެވެ.

ނެވާޑާ އިމާރާތުގައި ރޯވި އަލިފާންގަނޑު ސިފައިންނަށް ނިއްވާލެވުނީ ގަޑިއިރަކަށް ވުރެ ގިނަ އިރުވި ފަހުންނެވެ.

އަލިފާން ރޯވި މި ހާދިސާ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުންނެވެ.

[yass cats=120]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355