twitterviber whatsapp telegramfacebookyoutube instagram
14th February 2026

ހދ.އަތޮޅުގެ ޓުއަރިޒަމް ކެމްޕެއިންގ ލަވަ ރިލީޒްކޮށްފި

Sep 28, 2014

ހދ.އަތޮޅުގައި ފަތުރުވެރިކަން ފެށިފައިނުވާތީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކައި ހދ.އަތޮޅަށް ނިސްބާތްވާ އޮންލައިން ނޫސްތައް (ތިލަދުންމަތީ މިޑިއާ އިނިޝިއޭޓިވް) އިން ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރެއިން ލަވައެއް ރިލީޒްކޮށްފި އެވެ.

ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ނެރުން މިލަވައަކީ ހދ.އަތޮޅުގައި ރިޒޯޓެއް ހެދިފައި ނެތުމާއި، ވަޒީފާގެ ފުރުޞަތުތައް ނެތުމުން މުޖްތަމަޢަށްދިމާވެފައިވާ ބައެއް ދަތި ތަކަށް އަލި އަޅުވާލައި ކުޅުދުއްފުށީ ދުރުމީ، އާދަމް އިބްރާޙީމް ހަދަވާފައިވާ ލަވައެކެވެ. ލަވަ ކިޔާފައިވަނީ ވައިކަރަދޫ މެދުރީގެ، ހުސައިން ރިޒާ އެވެ.

މިލަަވަ ރިލީޒްކޮށްފައިވަނީ މި ކެމްޕެއިންގައި ބައިވެރިވާ އޮންލައިން ނޫސްތަކުގައި، 28 ސެޕްޓެމްބަރ 2014 ވަނަ ދުވަހުގެރޭ 10:00 ގައެވެ. ވީޑިއޯ ލަވަ ވަރަށް އަވަހަށް ރިލީޒް ކުރާނެކަމަށް ތިލަދުންމަތީ މިޑިއާ އިނިޝިއޭޓިވް އިން މައުލޫމާތުދެ އެވެ.

ބައިނަލްއަޤްވީ ފަތުރުވެރިކަމުގެ ދުވަހަކީ ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355