twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީ ޓީމްގެ ރަސްމީ ޖާޒީ ކުޅުންތެރިންނާ ހަވާލުކޮށްފި

Sep 29, 2014

ކުޅުދުއްފުށީ ޒިގްޒެގް ޓީމްގެ ރަސްމީ ޖާޒީ އެ ޓީމްގެ ކުޅުންތެރިންނާ ހަވާލުކޮށްފި އެވެ.

އެކަމަށްޓަކައި މިރޭ ބޭއްވި ހަފުލާގައި ކުޅުދުއްފުށީ ޓީމްގެ ޖާޒީ ކުޅުންތެރިންނާ ހަވާލުކޮށްދެއްވީ ޖާޒީތައް ހަދިޔާކޮށްދެއްވި ކުޅުދުއްފުށީ މަޝްހޫރު ވިޔަފާރިވެރިޔާ ޖައުފަރު އަލީ އެވެ.

މި ހަފުލާގައި ކުޅުދުއްފުށީ ޓީމްގެ ކުޅުންތެރިންގެ އިތުރުން ޓީމްގެ އޮފިޝަލުންގެ ޓީޝާޓްވެސް ވަނީ ހަވާލުކޮށްފަ އެވެ. ޓީޝާޓްތައް ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރު އިބްރާހިމް އައްބާހެވެ.

ޓީމްގެ 30 ކުޅުންތެރިންނާއި 12 އޮފިސަލުންގެ އިތުރުން މި ހަފުލާގައި ޓިމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން ޖައުފަރު އަލީ ވިދާޅުވީ ޓީމްގެ ހުރިހާ މެމްބަރުންވެސް ރީތި މޮޅު ކުޅުމެއް ކުޅެ، އަހުލާގު ހިފަހައްޓާ ކުޅުދުއްފުށީގައި ތަށި ބަހައްޓާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އިތުރަށްވެސް ޓީމަށް ވެދެއްވެން އޮތް އެހީއެއް ވެއްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ކުޅުދުއްފުށީ ޒިގްޒެގް އެ ޓީމުގެ ފުރަތަމަ މެޗުގައި މާދަމާ ހަނިމާދޫ ސާއްބައާ ދެކޮޅަށް ނުކުންނާނެ އެވެ. ސާއްބަވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި 2-1 އިން ކުރިނބީ ކުރިމަގު ޖަމިއްޔާ ބަލިކޮށްފަ އެވެ

[yass cats=122]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355