twitterviber whatsapp telegramfacebookyoutube instagram
15th May 2025

ކުޑަކުދިންނަށްކުރާ އަނިޔާ ގުޅޭ ގޮތުން އައިޕީއެސްގެ ބެލެނިވެރިންނަށް މައުލޫމާތު ދީފި

Sep 30, 2014

ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީ ސްކޫލް (އައިޕީއެސް)ގެ ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުން ހިންގި މި ސެޝަންތައް އަމާޒުކޮށްފައިވަނީ އައިޕީއެސްގެ ބޭބީ ނާސަރީގެ ދަރިވަރުންގެ ބެލެނިވެރިންނަށެވެ.

މި ހަފުތާގެ އާދީއްތަ ދުވަހުގެ ރޭ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން

ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގި މި ސެޝަންގައި މައުލޫމާތު ދީފައިވަނީ  ކުޑަކުދިންނަށްކުރާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ގުޅޭ ގޮތުންނެވެ.

މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރަމުންދާ ޕޮލިސް ސްޓާފް ސާޖަންޓް އިބްރާހިމް ނަޢީމް އާއި ޕޮލިސް ކޯޕްރަލް މުޙައްމަދު އަޙްމަދުއެވެ.

ފުލުހުން ބުނީ މިފަދަ އިތުރު ސެޝަންތައް ކުޅުދުއްފުށީ އައިޕީއެސްގެ އެހެން ގްރޭޑްތަކުގެ ބެލެނިވެރިންނަށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި މި ސެޝަނަކީ މި އަހަރުގެ ފުލުހުންގެ ބިޒްނަސް ޕްލޭންގައި ހިމެނާ ލަނޑުދަނޑިތަކުގެ ތެރެއިން ކުށްކުރުމާ ދެކޮޅަށް މަސައްކަތްކުރުމާއި ޕްރޯއެކްޓިވް ޕޮލިސިންގއާއި ޕްރޮބްލެމް އޮރިއެންޓެޑް ޕޮލިސިންގ ގެ އުކުޅުތަކުގެ ބޭނުންހިފައިގެން ކުށްމަދުކުރުމާއި ކުށް ހިނގިޔަ ނުދިނުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ސެޝަނެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355