ކުޅުދުއްފުއްޓަކީ ރާއްޖޭގެ ރަށްތަކަށް ބަލާއިރު އެންމެ ކުލަގަދަކޮށް، ޒަމާނުއްސުރެ ބޮޑުއީދު ފާހަގަ ކުރާ އެއް ރަށެވެ. އެގޮތުން މިފަހަރުވެސް ގިނަ ކުޅިވަރުތަކެއް އީދުގައި ކުރިއަށް ގެންދިއުމަށް ވަނީ .ހަމަޖެހިފަ އެވެ. އޭގެތެރެއިން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ސަގާފީ ކުޅިވަރުތަކަކީ ވަރަށް ވެސް ފާހަގަ ކޮށްލެވެ އެވެ
އެގޮތުން އީދު ފުރަތަމަ ދުވަހުން ފެށިގެން އަންހެން އަދި ފިރިހެން ދަފިނެގުމުގެ ހަރަކާތްތައް ރަށުގެ އެކި ހިސާބުގައި ކުރިއަށް ދާނެކަމަށް އީދު ކުޅިވަރު ހިންގުމުގައި އިސްކޮށް އުޅުއްވާ ފަރާތެއްކަމަށް ވާ މުހައްމަދު ހުސެއިން (މަރުހަބާ) މައުލޫމާތު ދިނެވެ.
ހާއްސަކޮށް ހަމަ އެކަނި ކުޅުދުއްފުށީގައި ކުޅެވޭ ސަގާފީ އީދު ކުޅިވަރުތައް ކަމަށްވާ މަށިމާލި ޕެރޭޑާއި ދަމުހިނގުން އަދި ހިއްޗަށް ވަޑައިގަތުން މިއަރުވެސް އޮންނާނެ އެވެ.
އުތުރު އަށަވުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މަށިމާލީގެ ކުޅިވަރު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ދެވަނަ އީދު ދުވަހުގެ ހަވީރު ކަމަށާއި އޭގެ އިތުރުން އެއަވަށުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ކޯޑި ނެގުމުގެ ހަރަކާތްތަކެއް 3 ވަނަ އީދު ދުވަހުގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް މުހައްމަދު ހުސެއިން ވިދާޅުވި އެވެ.
އީދު 4 ވަނަ ދުވަހު ހަވީރު ހިއްޗަށް ވަޑައިގަތުމުގެ ކުޅިވަރުގެ ރަށުގެ ބޮޑެތިމަގު ތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ކުޅުދުއްފުށީގައި ކުރިއަށް ގެންދާ އެންމެ ޒަމާންވީ އެއް ކުޅިވަރުކަމަށްވާ ދަމު ހިނގުން އެރޭ ބަންޑާރަ މައިދާނުގައި ކުރިއަށް ދާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަގާފީ ކުޅިވަރުގެ އިތުރުން ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްޓޭޖް ޝޯ ގެ ހަރަކާތްތައް ފޯރިގަދަކުރުމަށްޓަކައި 7 މިއުޒިކް ބޭންޑެއް ކުޅުދުއްފުއްޓަށް އައުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މީގެ އިތުރުން މިއަހަރު މުޅިން އަލަން ކުޅުދުއްފުށީގައި ފަށާ އަންހެން އަދި ފިރިހެން ބީޗު ނެޓްބޯޅަ މުބާރާތް ހޯމަ ދުވަހު ހެނދުނު ހިއްކި ސަރަހައްދުގައި ކުޅިއަށްދާނެ އެވެ.