twitterviber whatsapp telegramfacebookyoutube instagram
1st June 2026

ނެއްލައިދޫގައި ކަރަންޓްގެ މައްސަލަ ބޮޑުވެފައިވާތީ ރައްޔިތުން މުޒާހަރާ ކުރަނީ

Oct 5, 2014

ހދ. ނެއްލައިދޫގައި ކަރަންޓްގެ މައްސަލަ ބޮޑުވެފައިވާތީ އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރަމުން އެބަދެ އެވެ.

ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުންދާތާ ގިނަ ދުވަސްތަކެއްވެ އެކަމަށް ހައްލެއް ގެނެވިފައިނުވާތީ އެ ކަމާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރަމުންދާއިރު ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް މެނޭޖަރ އާދަމް މުހައްމަދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ނެއްލައިދޫއިން ކަރަންޓް ކެނޑެމުންދަނީ ދޭތެރެ ދޭތެރެއިން ކަމަށާއި އެއީ އިންޖީނަށް ލޯޑް ބޮޑުވާ ގަޑިގަޑީގަ ކަމަށެވެ.

އާދަމް ވިދާޅުވީ މި ކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށާއި 24 ގަޑިއިރު ޔަގީންގެ ނަމުގައި ރާއްޖެއަށް ގެނައި އިންޖީނުތަކުގެ ތެރޭގައި ނެއްލައިދޫއަށް 560 ކިލޯވޯޓްގެ ޖަނަރޭޓަރެއް ހިމެނޭ ކަމަށެވެ. އަދި އުތުރަށް ގެންނަން ހަމަޖެހިފައިވާ އިންޖީނުތައް ގެނައުމަށް ހަމަޖެހިފައިވަނީ އެއްކޮށް ކަމަށާއި އެތަކެތި ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

ރޭ ތިނެއް ޖެހީންސުރެ ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށް އެ ރަށުގެ ރައްޔިތެއް މައުލޫމާތުދީފައިވާއިރު އެ ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް އިންޖީނުގެ ކުރި މައްޗަށް ނިކުމެދަނީ މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރާ ދެކޮޅަށާއި ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް އަޑު އުފުލައި ޝުއޫރު ފާޅުކުރަމުންނެވެ.

[yass cats=123]

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355