twitterviber whatsapp telegramfacebookyoutube instagram
5th November 2025

ގެއްލިގެން ހޯދަމުން ދިޔަ އަޝްރަފް ފެނިއްޖެ

Oct 7, 2014

01:00

އޭނާ ފެނިފައިވަނީ ހޯދަމުންދަނިކޮށް ހިލަތަކުގެ މަތީ ހުއްޓާ އަލީ އަބޫބަކުރު ނާގޮށި އަށާއި އަހުމަދު މުހައްމަދު ވެނިސް އަށާއި އާނިރު ޒައިދު މުހައްމަދު އަދި ފާލުސާގެ އާދަމް އަލީ އަށެވެ.

އަދި އޭނާ ހޯދުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެފައިވެ އެވެ.

އޭނާއެކު އިތުރު ދެމީހުން މޫދަށް ގޮސްފައިވެ އެވެ. އެ ދެމީހުންނަށް ވަކި ހިސާބަކުން އަޝްރަފް ނުފެނިގެން އެއްގަމަށް އަރާ ފުލުހުންނަށް ރިޕޯޓްކުރީ އެވެ .އޭރު އަޝްރަފަށް ވެސް ވަނީ އެ ދެމީހުން ގެއްލިފައިވާ ކަމަށް އަޝްރަފް މި ނޫހުގެ ރިޕޯޓަރަކަށް މައުލޫމާތު ދެމުން ބުންޏެވެ. އަދި އަޝްރަފް އެދެމީހުން ހޯދަމުން ގޮސް ހިލަތަކުގެ މައްޗަށް އެރީ ކަމަށް އޭނާ ބުންޏެވެ.

އޭނާ ފެނިފައިވަނީ ކުޅުދުއްފުށީ އިންޓަނޭޝަނަލް ބަނދަރުގެ ބޭރު ތޮށި ހިލަތަކުގެ މަތީގައި ކޮޅަށް ހުއްޓަ އެވެ. އޭނާ ހާލު ރަނގަޅެވެ.

12:50

ގެއްލިގެން ހޯދަމުން ދިޔަ އަޝްރަފް ދާދި ދެންމެއަކު ފެނިއްޖެ.

12:30

ކުޅުދުއްފުށީގައި މޫދަށް އެރިގެން އުޅުނު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށީ ރިސްތާ އަޝްރަފް މުހައްމަދު (19އ) އެވެ.

އޭނާ މޫދަށް އެރިފައިވަނީ ހިއްކި ސަރަހައްދުގައި އަޅާފައިވާ ރޯ ހައުސްތަކާ ދިމާލު ހުޅަނގު ފަރާތައްކަމަށް މައުލޫމާތު ލިބެ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355