twitterviber whatsapp telegramfacebookyoutube instagram
10th September 2025

ކުޅުދުއްފުއްޓަށް ގެންނަން ހަމަޖެހިފައިވަނީ އެއް މެގަވޯޓްގެ ދެ ޖަނަރޭޓަރ: ފެނަކަ

Oct 9, 2014

24 ގަޑިއިރު ކަރަންޓް ޔަގީން ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުއްޓަށް ގެންނަން ހަމަޖެހިފައިވަނީ އެއް މެގަވޯލްޓްގެ ދެ ޖަނަރޭޓަރ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

“ކުޅުދުއްފުށީ އޮންލައިނާ” ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ ރީޖަނަލް މެނޭޖަރ އާދަމް މުހައްމަދު ވިދާޅުވީ ކުޅުދުއްފުއްޓަށް ގެންނަ ދެ ޖަނަރޭޓަރ މިރޭ މާލެއިން ކުޅުދުއްފުއްޓަށް އައުމަށް ފުރާނެ ކަމަށާއި ހދ އަތޮޅަށް ގެންނަ ގިނަ ޖަނަރޭޓަރުތައް މިހާރު އުތުރަށް ފުރާފައިވާ ކަމަށެވެ.

24 ގަޑިއިރު ކަރަންޓު ޔަގީން މަޝްރޫއުގެ ދަށުން އެއް ރަށަކަށް ދެ ޖަނަރޭޓަރު ލިބޭ ހަމައެކަނި ރަށަކީ ކުޅުދުއްފުށި ކަމަށް އާދަމް މުހައްމަދު ފާހަގަ ކުރެއްވި އެވެ.

އާދަމް މުޙައްމަދު ވިދާޅުވީ މި ޖަނަރޭޓަރުތައް ލިބޭތާ މަހެއް ނުވަތަ ދޮޅު މަސް ދުވަހުގެ ތެރޭގައި އިސްޓޯލްކޮށް ނިންމާލެވޭނެ ކަމަށާއި ޖަނަރޭޓަރުތައް އިސްޓޯލްވުމުން މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލެއް ކަށަވަރު ވެގެންދާނެ އެވެ.

ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއު ގެ ދަށުން ކުރިޔަށް އޮތް ނުވަ ވަރަކަށް މަސްދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް 24 ގަޑިއިރުގެ ކަރަންޓުގެ ހިދުމަތް ޔަގީންކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެފައިވެ އެވެ.

ފެނަކަ ކޯޕަރަޝަނުން އަތޮޅުތަކަށް ފޮނުވުމަށް ގެނެސްފައިވަނީ 77 ޖަނަރޭޓަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355