twitterviber whatsapp telegramfacebookyoutube instagram
21st May 2025

ލިޓަސްގެ ސާރވިސް ސެންޓަރެއް ހުޅުވައިފި

Oct 11, 2014

ލިޓަސް އޮޓޯމޯބައިލްސްގެ ސާރވިސް ސެންޓަރެއް މާލޭގައި ހުޅުވައިފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ލިޓަސް ސާރވިސް ސެންޓަރުގެ މެނޭޖަރ ނަޒީރު ވިދާޅުވީ ސެންޓަރ ހުޅުވިފައި ހުންނާނީ ހެނދުނު 8:30 ން ރޭގަނޑު 11 ށް ކަމަށެވެ. އަދި ހަދީބީ މަގުގައި ހުންނަ މި ސެންޓަރުން ސައިކަލްތަކަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއްވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލިޓަސް އޮޓޯމޯބައިލްގެ ޝޯރޫމް ޖަނަވަރީ މަގުގައި ހުންނައިރު ރާއްޖޭގެ ސައިކަލު ވިއްކާ އެހެން ފަރާތްތަކާ ތަފާތު ގިނަ ސްކީމްތަކާއެކު ލިޓަސް އިން އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރަންފަށައި ކަސްޓަމަރުންނަށް ވަނީ ގިނަ އޮޕްޝަންތަކެއް ހުޅުވާލައިފަ އެވެ.

ލިޓަސް އޮޓޯމޯބައިލްސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބާރިކު ވިދާޅުވެފައިވަނީ ލިޓަސްގެ އަމާޒަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ފަސޭހަ އަދި އަވަހަށް ހިދުމަތް ދިނުން ކަމަށާއި އާބާދީ ބޮޑެތި ރަށްތަކުގައި ލިޓަސްގެ ފިހާރަތައް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިހާރު އައްޑޫ ސިޓީ ފޭދޫގައި ލިޓަސްގެ ފިހާރައެއް ހުންނާނެ ކަމަށާއި މިއަހަރު ފުވައްމުލަކުގައި ފިހާރައެއް ހުޅުވަން ހަމަޖެހިފައިވާއިރު އުތުރުން އެންމެ އަވަހަކަށް ލިޓަސްގެ ފިހާރައެއް ހުޅުވޭނީ ކުޅުދުއްފުށީގައި ކަމަށް މުބާރިކް ވިދާޅުވެފައިވެ އެވެ.

ލިޓަސްއަކީ މިހާރު ޒުވާނުންގެ މެދުގައި މަގުބޫލު ސައިކަލުގެ ގިނަ ވައްތަރުތަކެއް ވިއްކަމުން އަންނަ ތަނެކެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com