twitterviber whatsapp telegramfacebookyoutube instagram
12th August 2026

2015 ވަނަ އަހަރު އަމީރު އަމީން ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

Oct 12, 2014

2015 ވަނަ އަހަރު އަމީރު އަމީން ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު އެ ސްކޫލުން ހުޅުވާލައިފި އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން އަމީރު އަމީން ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި އައިޝަތު މުހައްމަދު ވިދާޅުވީ އަންނަ އަހަރަށް ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ބޭބީ ނާސަރީގައި 100 ޖާގަ އަދި ނަސަރީގައި 24 ޖާގަ އެބަ އޮތް ކަމަށެވެ.

މި މަހުގެ 27 އަދި 28 ވަނަ ދުވަހު ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އެ ދެ ދުވަހު ކުދިން ވައްދަން ބޭނުންވާ ބޭފުޅުން ނަން ނޯޓް ކުރުމަށް އައިޝަތު އެދުނެވެ. އަދި ފުރުސަތު ދޭނީ ނަން ނޯޓް ކުރާ ތަރުތީބުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައިޝަތު ވިދާޅުވީ އެލްކޭޖީ އާއި ޔޫކޭޖީ ގުރޭޑްތަކުގައި ޖާގަ ނެތް ކަމަށް ވިޔަސް ނަން ނޯޓް ކުރަން ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށާއި ނަން ނޯޓް ކުރާ ތަރުތީބުން ޖާގަ ލިބުން ވަރަކުން ފުރުސަތު ދޭނެ ކަމަށެވެ.

އަމީރު އަމީން ސްކޫލްގެ އިތުރުން އައިޕީއެސްއިންވެސް ވަނީ އަންނަ އަހަރަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355