twitterviber whatsapp telegramfacebookyoutube instagram
24th December 2025

ކުދި ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދިޔަ ޓްރޭނިންގ ޕްރޮގުރާމް ނިމުން ފާހަގަކޮށްފި

Oct 13, 2014

ހދ. ކުޅުދުއްފުށީގެ ބިޒްނަސް ޑިވެލޮޕްމެންޓް ސާރވިސް ސެންޓަރުން އިންތިޒާމުކޮށްގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށާއި އަލަށް ވިޔަފާރިއެއް ފައްޓަވަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ޓްރޭނިންގ ޕްރޮގްރާމު ނިންމާ، ބައިވެރިންނަން ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

ސެޓްޕިކެޓްތައް ހަވާލުކުރުމަށް ކުރީގެ ޕްރޮވިންސް އޮފީހުގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ބިޒްނަސް ޑިވެލޮޕްމެންޓް ސާރވިސް ސެންޓަރުގެ މެނޭޖަރ އިބްރާހިމް އިމާދު ވިދާޅުވީ ވިޔަފާރިތައް ކުރިއެރުވުމަށް އެފަރާތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި އަދި ކައިރި މުސްތަގުބަލެއްގައި މިއަށްވުރެ ފުރިހަމަ ޓްރޭނިންގ ޕްރޮގްރާމެއް ފަށާނެ ކަމަށެވެ.

އޭޝިއަން ޑިވެލްޕްމެންޓް ބޭންކާ ގުޅިގެން ހިންގި މި ޕްރޮގްރާމްގައި އޭޑީބީގެ ފަރާތުން މިޕްރޮޖެކްޓް ހިންގުމަށް 2 ކޮންސަލްޓަންޓަކު ވަނީ ބައިވެރިވެފަ އެވެ.

މިމަހު 12 އަދި 13 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމުގައި ޖުމްލަ 22 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

ހިލޭ ބައިވެރި ވެވޭގޮތަށް ހިންގި މިޕްރޮގްރާމުގައި ވިޔަފާރިއެއް ފެށުމަށް އެނގެންޖެހޭ އެންމެ އަސާސީ މައުލޫމާތުތަކާއި ވިޔަފާރިއެއް ފަށާނެ ގޮތާއި ވިޔަފާރިއެއް އޮގަނައިޒް ކުރާނެ ގޮތާއި ވިޔަފާރީއަށް ފައިސާ ހޯދާ، ފައިސާ އާއި ހިސާބު ބަލަހައްޓާނެ ގޮތާއި މާކެޓް ކުރުމާއި ވިއްކުމާއި ދިމާވާ މައްސަލަތައް ދެނެގަތުމާއި ހައްލުކުރާނެ ގޮތުގެ އިތުރުން އިންސާނީ ވަސީލަތްތައް ދެނެގަތުމާބެހޭ ގޮތުން ކިޔަވާ ދީފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355