twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހޯރަފުށި ފިހާރަޔަކުން ވައްކަންކުރި ދެމީހަކު ފުލުހުން ހައްޔަރުކޮށްފި

Oct 14, 2014

ހއ. ހޯރަފުށީ ފިހާރައެއް ފަޅާލައި އެފިހާރައިން ވަގަށް ނަގާފައިވާ ފައިސާއާއި ސާމާނުތަކެއް ހޯދާ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ހޯރަފުށީ ޓްރެންޑް ޕްލަސް ފިހާރަ ފަޅާލައި އެތަނުން ފައިސާއާއި ސާމާނުތަކެއް ވަގަށް ނަގާފައިވާ ކަމަށްބުނެ މި އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު ހޯރަފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލާގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހޯރަފުށިންނެވެ. އަދި ވަގަށް ނަގާފައިވާ ފައިސާއާއި ސާމާނުތައް ފެނިފައިވަނީ މި ދެމީހުން ދިރިއުޅެމުންދާ ގެއިންނާއި ހޯރަފުށި އަތިރިމަތީގައި ވަޅުލާފައި ވަނިކޮށް ކަމަށާއި މިތަކެތީގެ ތެރޭގައި ފައިސާގެ އިތުރުން ސިނގިރޭޓާއި ބައެއް އިލެކްޓްރޯނިކް ސާމާނާއި ލުއި ބުއިންތަކާއި ކޮސްމެޓިކް ސާމާނު ހިމެނޭ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤް ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355