twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހިނގާފަ ދިޔަ ބައެއްގެ ގައިގާ ސައިކަލަކުން ޖެހި އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

Oct 14, 2014

ކުޅުދުއްފުށި ހިއްކި ސަރަހައްދު (ވެލިގަނޑު) ގައި ހިނގާފާ ދިޔަ ބައެއްގެ ގައިގާ ސައިކަލަކުން ޖެހި އަންހެނަކަށް ބޮޑު އަނިޔާތަކެއް ވެއްޖެ އެވެ.

މިއެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ  ކުޅުދުއްފުށީ ބީޗް ވިލާ، ހައްވާ އުމަރު (57 އ) އެވެ. މިއެކްސިޑެންޓްގައި އަނިޔާވި ދެވަނަ މީހާއަކީ ކުޅުދުއްފުށީ ޖަމްބުގަސްދޮށުގެ ސޮފިއްޔާ މުޙައްމަދު (52 އ) އެވެ. އެކްސިޑެންޓްގައި އަނިޔާވި ހައްވާ އުމަރުގެ ފައި ކަށިމަތިން ވަނީ ބިނދިފައެވެ.

ހިނގާފަ ދިޔަ ދެ އަންހެނެއްގެ ގައިގާ ޖެހުނު ސައިކަލު ދުއްވާފައި ވަނީ ކުޅުދުއްފުށީ ސާޓަންގެ އަހުމަދު މުހައްމަދު (20އ) އެވެ. އޭނާގެ ހަށިގަނޑުގެ އެކިތަންތަން ވަނީ މަށައިގެން ގޮސްފަ އެވެ.

ތިން މީހުންވެސް މިހާރު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355