ކުޅުދުއްފުށީގައި ރޭގަ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
އެކްސިޑެންޓުގައި ސީރީއަސް އަނިޔާތަކެއް ލިބިފައިވަނީ ކުޅުދުއްފުށީ، ބީޗް ވިލާ ހައްވާ އުމަރުގެ (57އ) އަށެވެ. އޭނާގެ ވައަތު ފައިގެ ކަށިމަތިން ބިނދިފައިވާ އިރު ވައަތު ކުޑަ ހުޅާ ހަމައިން ވަނީ ބިނދިފަ އެވެ.
މި އެކްސިޑެންޓުގައި ދެން އަނިޔާވި 52 އަހަރުގެ ކުޅުދުއްފުށީ ޖަމްބުގަސްދޮށުގެ ސޮފިއްޔާ މުޙައްމަދުގެ އެކިތަންތަނުން މަށައިގެން ގޮސް ބޮލަށް އަނިޔާވެފައިވާ ކަމަށާއި އޭނާ ހާލު އިތުރަށް ދެނެގަތުމަށްޓަކާ އޮބްޒަވޭޝަނުގައި ބާއްވާފައިވާ ކަމަށް ހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ހަސަން ވިދާޅުވި އެވެ.
އެކްސިޑެންޓްވި ސައިކަލު ދުއްވަން އިން ކުޅުދުއްފުށީ، ސާޓަންގެ،މުހައްމަދު އަހުމަދު (20އ) އަށް ފަރުވާ ދިނުމަށްފަހު ރޭ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.