twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހިތާނީ ޕާޓީތަކާއި ކައިވެނީގެ ހަފްލާތައް މަގުމަތީގައި ކުރިއަށް ގެންދިއުން ކައުންސިލުން މަނާކޮށްފި

Oct 16, 2014

ހިތާނީ ޕާޓީތަކާއި ކައިވެނި ހަފްލާތައް ޓެންޓް ޖަހައިގެން މަގުމަތީގައި ކުރިއަށް ގެންދިއުމުގެ ހުއްދަ ނުދިނުމަށް ކުޅުދުއްފުށީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ   މަގު ބަންދުކޮށް ޓެންޓް އެޅުމުގެ ހުއްދަ ކައުންސިލުން ނުދިނުމަށް ނިންމާފައި ވަނީ  ވަރަށް ގިނަ ފަރާތްތަކަކުން އަގުބޮޑެތި ކޭބަލް އަދި ހޮޅި ވަޅުލަމުން ދާތީ ކަމަށާއި ޓެންޓު އެޅުމަށް ދަނގަޑު ހޮޅި ބިމަށް ޖަހާއިރު ލިބޭ ގެއްލުންތަކަކީ ފޫނުބެއްދޭވަރުގެ ގެއްލުން ތަކަކަށް ވާތީކަމަށް މިބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

“އެނގިވަޑައިގަންނަވާނޭ ފަދައިން މީގެ ކުރިން ކައިވެނީ ހަފްލާތަކަށާއި ހިތާނުކުރުމަށް މަގު ބަންދުކޮށް ޓެންޓް އެޅުމަށް މިކައުންސިލުން ދަނީ ހުއްދަ ދެމުންނެވެ. ނަމަވެސް މިއަދުން ފެށިގެންކައިވެނީގެ ހަފްލާތަކަށާއި ހިތާނުކުރުމަށް މަގުމަތީގައި ޓެންޓް އެޅުމަށް ކައުންސިލުން ހުއްދަ ނުލިބޭނެކަމުގައި ދަންނަވަމެވެ. އެފަދަ ކަމެއް ކުރުމަކީ  މަނާކަމެއް ކަމަށާއި އެއްވެސްބާވަތެއްގެ އެއްޗެއް މަގަށް ޖެހުމަކީވެސް މަނާ ކަމެއްކަމުގައި ދަންނަވަމެވެ.” އިއުލާންގައި ބުނެފައިވެ އެވެ.

އެގޮތުން މިފަދަ ހަފްލާތަކަށް މަގުމަތީގައި ޓެންޓް އެޅުމުގެ ހުއްދަ ކައުންސިލުން ނުލިބޭނެ ކަމަށާއި އެއްވެސް ބާވަތެއްގެ އެއްޗެއް މަގަށް ޖެހުމަކީ މަނާކަމެއްކަމެއް ކަމުގައިވެސް މިބަޔާނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355