twitterviber whatsapp telegramfacebookyoutube instagram
12th August 2026

2015 ވަނަ އަހަރު ޖަލާލުއްދީން ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

Oct 16, 2014

2015 ވަނަ އަހަރު ޖަލާލުއްދީން ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު އެ ސްކޫލުން ހުޅުވާލައިފި އެވެ.

އެ ސްކޫލުން މިއަދު ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން މިއަންނަ އަހަރު އެ ސްކޫލްގެ ގުރޭޑް 8 އަށް ކުދިން ވެއްދުމުގެ އެޕްލިކޭޝަން ފޯމް މިއަންނަ އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ތައުލީމީ މަރުކަޒުގެ އޮފީހުން ފޯމް ލިބެން ހުންނާނެ ކަމަށާއި އެހެން ސްކޫލުތަކުގެ ދަރިވަރުންނަށް ޖަލާލުއްދީން ސްކޫލް އޮފީހުން ފޯމް ލިބެން ހުންނާނެ ކަމަށް އެ އިއުލާންގައިވެ އެވެ.

ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށައެޅުމުގެ ފުރުސަތު ޖަލާލުއްދީން ސްކޫލުން ހުޅުވާލާފައިވާއިރު ގުރޭޑް 8 އަށް ވެއްދުމަށް ހުށައެޅޭނީ 1 ޖެނުއަރީ 2015 އަށް 13 އަހަރު ފުރި 15 އަހަރު ނުފުރޭ ދަރިވަރުންނަށް ކަމަށް އެ ސްކޫލުން ބުނެ އެވެ.

ގުރޭޑް 8 އަށް ވަނުމަށް އެދޭ ދަރިވަރުންނަށް އެހެން އަހަރުތަކުގައި ދެމުން އަންނަ އެންޓްރާންސް ޓެސްޓް މި އަހަރު ނުދޭނެ ކަމަށްވެސް އެ ސްކޫލުން ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355