އިނާމެއްގެ ގޮތުގައި ސްކޫޓީ އައި ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް ލިޓަސް އޮޓޯމޯބައިލްސް އިން މާދަމާ ފަށަން ހަމަޖެހިއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ލިޓަސް އިން ބުނީ މާދަމާ ފަށަން ހަމަޖެހިފައިވަނީ 3 މަސް ދުވަހުގެ ޕްރޮމޯޝަނެއް ކަމަށާއި މި ޕްރޮމޯޝަންގެ ދަށުން ލިޓަސް ސާރވިސް ސެންޓަރުން ހޯދާ ކޮންމެ 200 ރުފިޔާ އަށް ވުރެ މަތީގެ ހިދުމަތަކަށް ވައުޗަރެއް ލިބޭނެ ކަމަށެވެ.
އަންނަ އަހަރުގެ ޖެނުއަރީ 17 ގައި މި ޕްރޮމޯޝަން ނިމުމުން ވައުޗަރ ލިބުނު ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި ފަރާތަށް ސްކޫޓީ އައި އެއް ދިނުމަށް ލިޓަސް ސާރވިސް ސެންޓަރުން ހަމަޖައްސާފައިވާ ކަމަށް ލިޓަސްއިން ބުނެ އެވެ.
އަންނަ ހޮނިހިރު ދުވަހު މި ޕްރޮމޯޝަނާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މާލޭގެ މަގުތަކުގައި ހާއްސަ ހަރަކާތްތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށްވެސް އެ ފަރާތުން މައުލޫމާތުދެ އެވެ.
އަދި މީގެ އިތުރުން ލިޓަސްއިން ބުނީ “ކަސްޓަމާ ކެއަރ” އާއި “ލިޓަސް މޮޓޯ ކެއަރ”ގެ ނަމުގައި ހާއްސަ ދެ ޕެކޭޖް ތައާރަފުކޮށްފައިވާ ކަމަށާއި މި ޕެކޭޖްތަކުގެ ދަށުން ސާރވިސް ސެންޓަރުން އަލަށް ތައާރަފުކުރި ހުރިހާ ހިދުމަތްތަކެއް ރަނގަޅު ފެންވަރެއްގައި ލިބިގެންދާނެ ކަމަށެވެ.
ލިޓަސް ސާރވިސް ސެންޓަރުގެ ހުޅުވިފައި ހުންނާނީ ހެނދުނު 8:30 ން ރޭގަނޑު 11 ށެވެ. ހަދީބީ މަގުގައި ހުންނަ މި ސެންޓަރުން ސައިކަލްތަކަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއްވެސް ލިބޭނެ އެވެ.
ލިޓަސްއަކީ މިހާރު ޒުވާނުންގެ މެދުގައި މަގުބޫލު ސައިކަލުގެ ގިނަ ވައްތަރުތަކެއް ވިއްކަމުން އަންނަ ތަނަކަށްވާއިރު ލިޓަސް ސާރވިސް ސެންޓަރުން ދަނީ ސައިކަލްތަކަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ރަނގަޅު ފެންވަރެއްގައި ދެމުންނެވެ.