twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކުޅުދުއްފުށީ ގެއެއްގެ ގުދަނެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ވެއްޖެ

Oct 18, 2014

ކުޅުދުއްފުށި ނަލަރީތިގެ ގުދަނެއްގައި އަލިފާން ރޯވެ 10000 ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.

ނަލަރީތިގޭގެ ފަރާތުން ވާހަކަދެއްކި މީހަކު މިނޫހަށް މައުލޫމާތު ދެމުން ބުނީ ގުދަނުގައި އަލިފާން ރޯވެފައިވާކަން އެނގުނީ ރޭގެ 2 ޖަހާއިރު ކަމަށާއި އޭރު ގުދަނުގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށެވެ .

އޭނާ  ބުނީ ސިފައިން އައީ އަލިފާނުގެ ބައެއް ކޯންޓްރޯލްކުރި ފަހުން ކަމަށާއި އެއްކޮށް އަލިފާންގަނޑު ނިއްވާލީ ސިފައިން ކަމަށެވެ.

” އަޅުގަނޑުމެންނަން ހޭލެވުނީ 2 ޖަހަނިކޮށް، އޭރު ގުދަނުގައި ރޯވެ ގޭގަ އަސްކެނީގައި ވެސް ވަނީ އަލިފާން ހިފާފަ، އެހެންނަމަވެސް އަލިފާންގަނޑު އިތުރަށް ގޭގައި ނުހިފަނީސް ނިންވާލެވުނު” ގެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރަނގަޅު ފެންވަރަކަށް ހަދާފައިވާ އެ ގުދަނުގައި 3 ބައިސިކަލާއި ގޭގައި ހިފާ ގެންގުޅޭ ގިނަ އަދަދެއްގެ ސާމާނު ހުއްޓެވެ. އެ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

އެ ގުދަނަކީ ކަރަންޓު ލާފައި ހުންނަ ތަނެއް ނޫން ކަމަށް ވާތީ މި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށްވެސް އެ ގެއިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355