twitterviber whatsapp telegramfacebookyoutube instagram
9th July 2025

އަމާޒަށް ބަޑި ޖެހުމުން އެއްވަނަ އަބުދުލްރަޝީދު ހޯދައިފި

Oct 18, 2014

ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް އެޑިއުކޭޝަން (ޑައިޓް) އިން އެމްއެންޑީއެފް ސަދަން އޭރިއާގައި ހިންގި 60 ވަނަ އަސާސީ ތަމްރީނު ކޯހުގެ އަމާޒަށް ބަޑި ޖެހުމުގެ އެއްވަނަ ކުޅުދުއްފުށީ ސޯސަންވިލާ ޕްރައިވެޓް އަބުދުލްރަޝީދު މުހައްމަދު ހޯދައިފި އެވެ.

އަބުދުލްރަޝީދަށް މި އެވޯޑް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކޯހުގެ ވަނަވަނަ އަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިޔާތެއްގަ އެވެ.

ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަބްދުﷲ ޖިހާދެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށާއި ހެވިކަމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޕްރައިވެޓް އިބްރާހިމް ޝިފާނާއި އެންމެ ހަށިހެޔޮ ދަރިވަރަކަށް ހޮވިފައިވާ ޕްރައިވެޓް އަބްދުﷲ މިފްޒާލަށް ތައްޓާއި ހަނދާނީ ލިޔުންދީފައިވާއިރު އެހެނިހެން ވަނަތަކަށް ދިޔަ ދަރިވަރުންނަށްވެސް ވަނީ ތައްޓާއި ހަނދާނީ ލިޔުންދީފަ އެވެ.

100 ދަރިވަރުން ބައިވެރިވި މި ކޯސް ފުރިހަމަކޮށް ކޯހުގެ މިންގަނޑަށް ފާސްވެފައިވަނީ 93 ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355