twitterviber whatsapp telegramfacebookyoutube instagram
1st June 2026

އަމީރު އަމީން ސްކޫލުގެ މަލަސް ޝޯ ފަށައިފި

Oct 18, 2014

އަމީރު އަމީން ސްކޫލުގެ  އަހަރީ ކޮންސެޓް “މަލަސް 2014” އިއްޔެ ފަށައިފި އެވެ.

ޔޫކޭޖީގެ ދަރިވަރުން ބައިވެރިކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މިކޮންސެޓް އިއްޔެ ފައްޓަވައިދެއްވީ ކުޅުދުއްފުށީ ސަރަހައްދީ ބަންދަރުގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފަރްހޫދެވެ.

މި ކޮންސެޓްގެ މަގުސަދަކީ ދަރިވަރުންގެ ހުނަރު ސްޓޭޖްމަތިން ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމާއި ޕްރައިމަރީ ގްރޭޑަށް ބަދަލުވާއިރު އެކުދިންނަކީ ސްޓޭޖްމަތީގެ ހަރަކާތްތައް ކުރަންކެރޭ ދަރިވަރުންނަށް ހެދުމާއި އެކުދިންގެ މެދުގައި އެކުވެރިކަން އާލާކުރުން ކަމަށް ސްކޫލުން މައުލޫމާތުދެ އެވެ.

މިއަހަރު މި ކޮންސެޓްގައި އެސްކޫލުގެ ޔޫކޭޖީގެ 125 ދަރިވަރަކު ވަނީ ބައިވެރިވެފަ އެވެ. 2 ދުވަހަށް ކުރިއަށްދާ މިކޮންސެޓް ކުރިއަށްދަނީ ތިލަދެކުނު ސިނަމާގަ އެވެ.

މި ޝޯ ގައި ޑްރާމާ އާއި ޑާންސްތަކުގެ އިތުރުން މަދަހަ ކިޔުންވެސް ކުރިއަށްގެންދިޔަ އެވެ.

[yass cats=128]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355