އެހެންކަން ކަމަށް ދޭ އަހަންމިއްޔަތުކަން ގުރުއާނާ ބެހޭ މަރުކަޒާއި ކުޅުދުއްފުށީ ކައުންސިލާ ގުޅިގެން ކުޅުދުއްފުށީގައި ހިނގަމުންދާ ލެވެލް 1 ކޯހަށް ކައުންސިލުން ދީފައި ނުވާ ކަމަށް ކުޅުދުއްފުށި ކައުންސިލްގެ މެމްބަރު އިބްރާހިމް އައްބާސް ވިދާޅުވެއްޖެ އެވެ.
އެ މަރުކަޒުން އައި މުދައްރިސުންނަށް އެކަށީގެންވާ އިންތިޒާމެއް ކައުންސިލުން ހަމަޖައްސާފައިނުވާ ކަމަށް ބުނެ އެ ކޯހުގެ ބައިވެރިން ކައުންސިލް މެމްބަރުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބްރާހިމް އައްބާސް ވިދާޅުވީ އެހެންކަމަށް ކަމަށް ދޭ އަހަންމިޔަތުކަން މި ކޯހަށް ނުދެވޭކަން ގަބޫލުކުރައްވާ ކަމަށާއި އެހެން ކޮންމެ ކަމަކަށް ކައުންސިލަރެއް ކަނޑައަޅާ އުސޫލުން މި ކޯހަށް އެ ގޮތަށް ކަންތައް ކުރެވިފައިނުވާ ކަމަށެވެ.
“އެހެންކަން ކަމަށް ދީފައި އޮތް އަހަމިއްޔަތުކަން މިކަމަށް ދެވިފައި ހުރިލެއް ހަމަ މާބޮޑަށްވެސް ކުޑަ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އަސްލު ހަގީގަތުގައި އެހެންކަން ކަމަށް ކޮންމެވެސް ކައުންސިލް މެމްބަރަކު އެޓެންޑް ކޮށްފަ އެބަ ހުރޭ.” އިބްރާހިމް ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ ކޯހުގެ މެމްބަރުން ބައްދަލުވުމުގައި ފާޅުކުރި ގިނަކަންތަކަކީ ކައުންސިލުން އެކަންކަމަށް ސަމާލުކަން ނުދެވުމުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި މިކަން މި ހިސާބަށް ދިޔައީ ސަމާލުކަން ނުދެވުމުން ކަމަށާއި މިއީ އަތުން ދޫވެފައިވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ކަހަލަ ގިނަ ކަންތައްތައް ކުރިއަށް އޮތްތާ އިންތިޒާމްކުރާއިރު މިއީ ލިބުނު ރަނގަޅު ފިލާވަޅެއް ކަމަށް ގަބޫލުކުރާ ކަމަށާއި ކުރިއަށް މިކަހަލަ ކޯސްތައް ހިންގާއިރު މިއަށްވުރެ ހަރުދަނާކުރުމަށްޓަކައި ކުރަންޖެހުނު ހުރިހާ ކަމެއް ކައުންސިލް މެމްބަރުންނާއި އިދާރީ މުވައްޒަފުން ގުޅިގެން ކުރާނެ ކަމުގެ ޔަގީންކަންވެސް ކޯހުގެ ބައިވެރިންނަށް ކައުންސިލް މެމްބަރު ދެއްވި އެވެ.
“އިރާދަކުރެއްވިއްޔާ ތަކުރާރުކޮށް މިކަހަލަ ކޯސްތަކެއް ހިންގާކަމަށް ވަންޏާ އިތުރަށް މިއަށްވުރެ ހަރުދަނާ ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކައުންސިލް މެމްބަރުންނާއި އިދާރީ މުވައްޒަފުންނާއި ގުޅިގެން ކުރާނަން.” އިބްރާހިމް ވިދާޅުވި އެވެ.
ނުރުހުން ފާޅުކުރި ކޯހުގެ ބައިވެރިންނާ ބައްދަލުކޮށް ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ގުރުއާނާ ބޭހޭ މަރުކަޒާ އެ ކައުންސިލުން ގުޅިގެން ހިންގާ ގާރީ ކޯހަކީ ކައުންސިލުން ވަރަށް އިސްކަމެއްދީގެން ކުރިއަށްގެންދާ ކޯހެއް ކަމަށާއި ގުރުއާނާ ބެހޭ މަރުކަޒުން ކައުންސިލުން ފޯރުކޮށްދޭ އިންތިޒާމާއި ބެހޭގޮތުން އެއްވެސް ޝަކުވާއެއް އެބޭފުޅުން ކޮށްފައިނުވާ ކަމަށެވެ.
މިއަދު ގާރީ ކޯހުގެ ގިނަ އަދަދެއްގެ ބައިވެރިން ވަނީ ކައުންސިލް އިދާރާގައި ނުރުހުން ފާޅުކޮށް ކައުންސިލް މެމްބަރުންނާ ބައްދަލުކޮށްފަ އެވެ.