twitterviber whatsapp telegramfacebookyoutube instagram
12th August 2026

އަފީފުއްދީން ސްކޫލްގެ ދަރިވަރުން އީއެސް ފިލްޑް ޓްރިޕެއްގައި ހަނިމާދޫއަށް ގޮސްފި

Oct 19, 2014

އަފީފުއްދީން ސްކޫލްގެ ގުރޭޑް ފަހެއްގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމަށް އީއެސް ފީލްޑް ޓްރިޕެއްގައި ހަނިމާދޫއަށް ގޮސްފި އެވެ.

ހަނިމާދޫއަށް ކުރި މި ދަތުރުގައި ހަނިމާދޫ އެއަރޕޯޓަށް ދަރިވަރުން ޒިޔާރާތްކޮށް އެތަނުގައި މަސައްކަތްތައް ކުރިއަށްދާ ގޮތާއި މައުލޫމާތު ހޯދާފައިވެ އެވެ. އެގޮތުން ފްލައިޓް ގަޑިތަކާއި ޗެކިންކުރާ ގޮތާއި އެއަރޕޯޓްގެ ސްކިއުރިޓީ ލެވެލްގެ މައުލޫމާތު ދަރިވަރުން ވަނީ ހޯދާފަ އެވެ.

އިއްޔެ ހެނދުނު 6 ޖެހިއިރު ފެށި މި ދަތުރުގައި އެއަރޕޯޓްގެ އިތުރުން ހަނިމާދޫގެ ސިޓީ ހޮޓަލަށާއި މެޓް އޮފީހަށް އަދި ދަނޑުވެރިކަންކުރާ ސަރަހައްދަށް ގުރޭޑް ފަހެއްގެ ދަރިވަރުން ޒިޔާރާތްކޮށް މައުލޫމާތު ހޯދާފައިވެ އެވެ.

އިއްޔެގެ ހަވީރު 6:15 ގައި މި ދަތުރު ނިންމާލިއިރު މި ދަތުރުގެ މަގުސަދަކީ ދަނޑުވެރިކަމާއި ބެހޭގޮތުން ދަރިވަރުން ހޭލުންތެރިކޮށް ދަނޑުވެރިކަމުގެ ހުނަރު ދަސްކޮށްދިނުން ކަމަށް މި ދަތުރުގެ ކޯޑިނޭޓަރ ޝާހިދާ އާމިރު ވިދާޅުވި އެވެ.

[yass cats=131]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355