twitterviber whatsapp telegramfacebookyoutube instagram
12th August 2026

އޭއީސީގެ ސްކައުޓާއި ކަބްސްކައުޓްގެ ދަރިވަރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

Oct 20, 2014

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކައުޓް އަދި ކަބްސްކައުޓަށް މިއަހަރު އަލަށްވަތް ދަރިވަރުންގެ ހުވަާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އޭއީސީ ހޯލުގައި އިއްޔެ ހަވީރު ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އަރަބިއްޔާ ސްކޫލުގެ ގުރޫޕް ސްކައުޓް ލީޑަރ ސައިފް އަޒްހަޒެވެ.

މިރަސްމިއްޔާތުގައި ސައިފް އަޒްހަރު ދެއްކެވި ވާހަކާގައި ސްކައުޓް ހަރަކާތުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާ ވާހަކަ ދެއްކެވި އެވެ. އެގޮތުން ސްކައުޓް ހަރަކާތްތުގައި މަދަރުސީ ތައުލީމުގެ އިތުރުން ކުއްޖާ މުޖުތަމައު އަށް ނުކުމެގެންދާއިރު އެކުއްޖާއަކީ ހަރުދަނާ ގައުމަށް ބޭނުންތެރި، ވަފާތެރި، ގައުމު ދެކެ ލޯބިވާ އަދި މުޖުތަމައުވެސް އެކުއްޖަކު ދެކެ ލޯބިވާ ދަރިއަކަށް ހެދުމެވެ.

ސްކައުޓްގެ އެންމެ މައިގަނޑު އަސާސަކީ ގައުމަށް ބޭނުންތެރި ދަރިޔަކަށް ހަދާދިނުންކަމަށެވެ. ސްކައުޓް ހަރަކާތަކީ ސްކޫލުތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކަތެއް ނޫންކަމަށާއި އެއީ “އެޑިއުކޭޝަނަލް މޫވްމެންޓެއް” ކަމަށް ސައިފް ވިދާޅުވި އެވެ.

އެސްކޫލުންގެ 24 ދަރިވަރަކު ވަނީ ކަބްސްކައުޓް ހުވައި އިއްޔެ ކޮށްފަ އެވެ. އަދި ކަބްސްކައުޓުން ސްކައުޓަށް ބަދަލުވި ބާވީސް ދަރިވަރުންނާ އަލަށް ސްކައުޓާ ގުޅުނު ފަސް ދަރިވަރަކު ވަނީ ހުވައި ކޮށްފަ އެވެ.

ސްކައުޓްގެ ޝަރަފްވެރި މަގާމެއް ކަމަށްވާ ބުޝްމަންގ ސްޓްރޯންގް ހާސިލްކުރި މުހައްމަދު އަލީ، ޖިނާހްގެ އެމަގާމު އިއްޔެގެ ރަސްމިއްޔާތުގައި ހަވާލު ކޮށްފައިވެ އެވެ.

ސްކައުޓްގެ ކުރިއެރުންތައް ހޯދި ދަރިވަރުންނަން ބެޖް ހަވާލުކުރުންވެސް ކުރިއަށްގެން ގޮސްފައިވެ އެވެ.

[yass cats=132]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355