twitterviber whatsapp telegramfacebookyoutube instagram
12th August 2026

އަފީފުއްދީން ސްކޫލުގެ ކަބުސްކައުޓް ދަރިވަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

Oct 20, 2014

އަފީފުއްދީން ސްކޫލުގެ ކަބުސްކައުޓަށް މިއަހަރު އަލަށްވަތް ދަރިވަރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މިރަސްމިއްޔާތުގައި ކަބުސްކައުޓަށް މިއަހަރު އަލަށްވަތް 18 ދަރިވަރަކާއި އިތުރު އަށާރަ ދަރިވަރަކު ވަނީ ހުވާ ކޮށްފަ އެވެ. ހުވާ ލައިދެއްވީ ކަބުސްކައުޓް ލީޑަރ ރައްޒިޔާ އަލީ ނަސީރެވެ.

އަފީފުއްދީން ސްކޫލުގެ ހޯލުގައި އިއްޔެ ހަވީރު ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްކައުޓް ލީޑަރ އަލީ އިބްރާހިމެވެ.

އަލީ އިބްރާހިމް މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ ކަބުސްކައުޓްގައި އުޅުމުން ދިރިއުޅުމުގެ ކުރަންޖެހޭ ގިނަ ކަންތައްތަކެއް އަމިއްލައަށް ކުރަން އެނގިގެންދާނެ ކަމަށެވެ.

ބަދިގޭގެ ކަންތައްތަކަކީ ހަމައެކަނި އަންހެނުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެފަދަ ކަންތައްތަކަކީ ފިރިހެނުންނަށް ވެސް އެގެންޖެހޭނެ މުހިއްމު ކަމެއް ކަމަށެވެ. އަދި ކަބުސްކައުޓްގައި އުޅުމުން އެފަދަ ކަންތައް ދަސްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ހަރަކާތުގެ ތެރެއިން ދަސްވާކަންކަމުގެ މުހިއްމުކަން އެގެނީ ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ ދުވަސް ތަކުގައި ކަން އަލީ ފާހަގަކުރެއްވި އެވެ.

[yass cats=133]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355