twitterviber whatsapp telegramfacebookyoutube instagram
15th May 2025

އަތޮޅު ފެންވަރުގައި ފުރަތަމަ ފަހަރަށް ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ނިންމައި، އެ ދުވަހުގެ ހަރަކާތައް ވައިކަރަދޫގައި ބާއްވަނީ

Oct 21, 2014

އަތޮޅު ފެންވަރުގައި ފުރަތަމަ ފަހަރަށް ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ނިންމައި، އެދުވަހުގެ ހަރަކާތައް ވައިކަރަދޫގައި ބާއްވަނީ ނިންމައިފި އެވެ.

ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ އަބްދުލްމުހައިމިން “ކުޅުދުއްފުށި އޮންލައިނާ” ވާހަކަ ދައްކަވަމުން ވިދާޅުވީ ދަނޑުވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ވައިކަރަދޫ ހަމަޖެއްސީ އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ހަމައެކަނި ވައިކަރަދޫއިން ކަމަށްވާތީ ކަމަށެވެ.

“ދަނޑުވެރިކަމުގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅީ ވައިކަރަދޫ ކައުންސިލުން އެކަނި ، އެންމެ ފަރާތަކުން ޕްރޮޕޯސަލުން ހުށަހެޅުމުން ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި ވެސް އެކަމަށް އެދުނީ ވައިކަރަދޫއިން އެކަނި ” މުހައިމިނު ވިދާޅުވި އެވެ.

މުހައިމިނު ވިދާޅުވީ ދުވަހާ ގުޅޭ ހާއްސަ ޖަލްސާ އެއްގެ އިތުރުން ކާބޯތަކެތީގެ މައުރަޒަކާއި ދަނޑުވެރިންނަން ހާއްސަ ވޯކްޝޮޕެއް ވައިކަރަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވައިކަރަދޫގައި ހިނގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހދ. އަތޮޅުގެ ހުރިހާ ފަރާތަކަށް ވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ދަނޑުވެރިންގެ ދުވަހުގެ ހަރަކާތައް ވައިކަރަދޫގައިކުރިއަށްގެ ފާހަގަކުރުމަށް ހަމަޖެއްހިފަ ވަނީ މިމަހު 30 އަދި 31 ގަ އެވެ.

ދަނޑުވެރިންގެ ދުވަސްގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355