twitterviber whatsapp telegramfacebookyoutube instagram
11th April 2026

ހދ އޭއީސީ ގާރލް ގައިޑު އަދި ލިޓިލްމެއިޑް ދަރިވަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

Oct 25, 2014

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ގާރލްގައިޑުންނާއި ލިޓިލްމެއިޑް ދަރިވަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އޭއީސީ ހޯލްގައި އިއްޔެ ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ހުވާ ލައި ދެއްވީ ގައިޑް އެސޯސޭޝަންގެ އެސިސްޓެންޓް ކޮމިޝަނަރ ފޯރ ލިޓިލްމެއިޑް އައިޝަތު ރަޝީދާ އެވެ. އިއްޔެގެ ރަސްމިއްޔާތުގައި 24 ގައިޑުންނާއި 28 ލިޓިލްމެއިޑުން ހުވާ ކޮށްފައިވެ އެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރާ ފާތުމަތު މުހައްމަދު ވިދާޅުވީ މިފަދަ އިތުރު ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަން ގިނަ ފިލާވަޅުތަކެއް އުނގެނިގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އަމަލީ މައިދާނުގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތާއި އިޖުތިމާއި ރަނގަޅު އާދަތަކާއި ރީތި އަދަބުތައް މިފަދަ ހަރަކާތަކުން ދަރިވަރުންނަން ދަސްވާކަމަށެވެ. އަދި ދިރިއުޅުމުގައި ކެރުމާ ހަރަކާތެރި ދިރިއުޅުމަކަށް މަގުފަހި ކޮށްދޭކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަގުބަލަށްޓަކައި ރަގަޅު ބިންގަލެއް އެޅުމަށްޓަކައި އެންމެ ފަޅި ސިކުންތެއް ވެސް ބޭކާރުކޮށް ނުލާ ގަދަ އަޅާ މަސައްކަތް ކުރުމަށް ދަރިވަރުންނަން ފާތުމަތު ނަސޭހަތްތެރިވި އެވެ.

ބެޖުތަކާ ގޯލްޑަން ލެޑަރ އަދި ގޯލްޑަން ބަރ ހަވާލުކޮށްދެއްވީ އައިޝަތު ރަޝީދާ އާއި ޝަރަފްވެރިމެހެމާނާ ފާތުމަތު މުހައްމަދެވެ.

ކޮންމެ އަހަރަކު ވެސް ގިނަ ސްކޫލުތަކެއްގައި ޔުނީފޯމް ހަރަކާތަކުގެ ދަރިވަރުން ހުވާ ކުރެ އެވެ.

[yass cats=136]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355