twitterviber whatsapp telegramfacebookyoutube instagram
15th May 2025

އަތޮޅު ފެންވަރުގައި ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވައިކަރަދޫއިން ތައްޔާރުވަމުން ދަނީ

Oct 27, 2014

އަތޮޅު ފެންވަރުގައި ދަނޑުވެރިކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ވައިކަރަދޫން ތައްޔާރުވަމުން އެބަދެ އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީ ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބާއްވަން ހަމަޖެހިފައިވާ ކާބޯތަކެތީގެ މައުރަޒަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށާއި ރަށަށް އަންނަ މެހެމާނުންގެ އެކޮމޮޑޭޝަން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

އަދި ދަނޑުވެރިކަމުގެ ދުވަހަށް ރަށް ސާފުކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރަށް ސާފުކުރުމުގެ މަސައްކަތް އިސްނަގައިގެން ކުރަމުންދަނީ އެ ރަށު އަންހެނުންގެ ޖަމިއްޔާއިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“ދުވަހަށް ރަށް ސާފުކުރަމުން މިދަނީ. ރަށް ސާފުކުރަނީ އަންހެނުންގެ ޖަމިއްޔާއިން އިސްނަގައިގެން.” އިބްރާހިމް ވިދާޅުވި އެވެ.

އަތޮޅު ފެންވަރުގައި ފުރަތަމަ ފަހަރަށް ދަނޑުވެރިންގެ ދުވަސް ވައިކަރަދޫގައި ފާހަގަކުރަން ނިންމާފައިވާއިރު ދުވަހާ ގުޅޭ ހާއްސަ ޖަލްސާއެއްގެ އިތުރުން ކާބޯތަކެތީގެ މައުރަޒަކާއި ދަނޑުވެރިންނަން ހާއްސަ ވޯކްޝޮޕެއް ވައިކަރަދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ދަނޑުވެރިންގެ ދުވަހުގެ ހަރަކާތައް ވައިކަރަދޫގައި ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ މިމަހު 30 އަދި 31 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355