twitterviber whatsapp telegramfacebookyoutube instagram
12th August 2026

ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ރަސްމީކޮށް މިއަހަރު ކުޅުދުއްފުށީގައި ފާހަގަ ކުރަނީ

Oct 27, 2014

ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާ، އެދުވަހުގެ ހަރަކާތްތައް ކުޅުދުއްފުށީގައި ކުރިއަށްގެންދާ ގޮތަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހަމަޖައްސައިފި އެވެ.

އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ރަސްމީ ހަރަކާތްތައް މިއަހަރު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ އިތުރުން ދައުލަތުގެ އެހެން މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެ އެވެ.

އެގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ގުޅިގެން މިހަރަކާތް ހިންގެވުމުގައި އެންމެ އިސްދައުރެއް އަދާކުރަނީ ކުޅުދުއްފުށީ ރަށު ކައުންސިލް ކަމަށާއި 11 ޑިސެންބަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެ ސްޓޯލްތައް ހެދުމުގެ ފުރުސަތު ވަނީ އެކޮމިޝަނުން އާންމުކޮށް ހުޅުވަލާފަ އެވެ.

އޭގެ އިތުރުން މިއަހަރުގެ އެންޓި-ކޮރަޕްޝަން ދުވަސް ކާމިޔަބު ކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ކުޅުދުއްފުށީގެ ހުރިހާ މުއައްސަސާއެއްގެ އެއްބާރުލުން ބޭނުންވާކަމަށް ވެސް އެކޮމިޝަނުން ހާމަކުރެ އެވެ.

އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 8 ން 11 އަށެވެ. އެޓިންކޮރަޕްޝަންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ޑިސެންބަރު މަހުގެ ނުވަ ވަނަ ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355