twitterviber whatsapp telegramfacebookyoutube instagram
10th September 2025

ކުޅުދުއްފުށީ ކުޅިން ބޮޑަވަކި ގަސް ކެނޑުން އާއްމުވެފައި

Nov 2, 2014

ކުޅުދުއްފުށީގެ އުތުރު ކޮޅުގައި އޮންނަ މަށި ކުޅީގައި ހެދިފައި ހުންނަ ގަސް ކެނޑުން އާއްމުވެއްޖެ އެވެ.

ކުޅީގެ ދެކުނު ފަރާތުގެ ބޮޑު ބައެއްގައި ހުރި ގިނަ އަދަދެއްގެ ގަސްތައް ވަނީ ކަނޑާފަ އެވެ. ކަނޑާފައި ހުރި ގަސްތަކުގެ ތެރޭގައި ބޮޑަވަކި އާއި ބުރެވި ފަދަ ގަސް ހިމެނެވެ.

ކުޅީގެ އެތެރެއިން ބައެއް ސަރަހައްދުން ގިނަ އަދަދެއްގެ ގަސް ކެނޑުމުގެ ސަބަބުން އެ ސަރަހައްދުތައް ވަނީ ހާވިލާވެފަ އެވެ.

އެސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން “ކުޅުދުއްފުށި އޮންލައިނަ”ށް މައުލޫމާތު ދެމުން ބުނީ ކުޅިން ގަސް ކެނޑުން މިހާރަކަށް އައިސް އާއްމުވެފައިވާ ކަމަށެވެ. އަދި ގަސް ކަނޑަނީ އަންހެނުން ދަރު ހޯދުމުގެ ބޭނުމުގައި ކަމަށް އެމީހުން ބުންޏެވެ.

ކުޅީގައި ހެދިފައި ހުންނަ ބޮޑެތި ބޮޑަވަކި ގަސްތައް ވެސް މިހާރަކަށް އައިސް ވަރަށް ގިނައިން ކަނޑާކަމަށް އެސަރަހައްދުގައި އުޅޭ މީހުން ބުންޏެވެ.

މިކަމާ ގުޅިގެން ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އެކި ދުވަސް ވަރުގައި ކުޅިން ގަސްކަނޑާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށާއި އެހެންނަމަވެސް ފަހަކަށް އައިސް އެއަޑު މަޑުވެފައިވާ ކަމަށެވެ.

އަލީ ވިދާޅުވީ ހިމާޔާތް ކުރެވިފައިވާ އެފަދަ ތަންތަނުން ގަސްކަނޑާ ފަރާތްތަކާ މެދު ކައުންސިލުން ގާނޫނީ ފިޔަވަޅު އަޅާކަމަށެވެ.

ކުޅުދުއްފުށީ މަށި ކުޅިއަކީ ގުދުރަތީ ރީތި މަންޒިލެކެވެ. އެތަނަކީ އެކި މޫސުމަށް ތަފާތު މޫސުމީ ދޫނި ޒިޔާރަތް ކުރާތަނެކެވެ.

[yass cats=138]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355